މަރްޔަމް ނަހްދާ ވަޙީދު   24 އޮކްޓޯބަރު 2025 - 10:55
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ސަރުކާރުގެ ލިކުއިޑިޓީ ނެތި މުޅިން ޑަރައި ވެއްޖެކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕްރައިވެޓު ސެކްޓަރުގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މި ވަގުތު ޕްރައިވެޓު ސެކްޓަރ އޮތީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ހަކަތަ ހުސްވެފައި ކަމަށެވެ. އެހެންކަމުން އެ ސެކްޓަރގައި އިތުރަށް ޕްރޮޖެކުޓު ހިންގާނެ ވަރު ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕްރައިވެޓު ސެކްޓަރއަށް ފައިސާ ދޭން 20 ބިލިއަން ސަރުކާރުން ހޯދަން ޖެހޭކަން ފާހަގަކުރަމުން ޔާަމީން ވިދާޅުވީ ސަރުކާރުގައި ލިކިއުޑިޓީ ނެތި މުޅިން ޑްރައި ވެއްޖެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސޯދީ އަދި މާލީ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، އެހެންވެ ގައުމުގައި އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެކަމަށް ވައުދުވަމުން ގެންދަވާ ކަންކަން ހަގީގަތަކަށް ހަދަން ބޭނުންވާ ގައުމުގައި ނެތް ކަމަށާއި، ދެން އޮންނާނެ ގޮތަކީ އަނެއްކާވެސް ފައިސާ ޗާޕުކުރުން ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި، ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ މުއާމަލާތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒިވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް