ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންފަންޓީނޯ އަށް މަރުޚަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ޠާރިޤް އިބްރާހިމް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް، ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސް، އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތަލާލް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންނާއި ފުޓްބޯޅަ އާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ފީފާގެ ރައީސަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ހާޒިރުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދިވެހި ސަގާފީ އައިޓަމްތައް ވެސް ހުށަހަޅާދީފައިވެއެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް، ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އިން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.
މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ.
މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު