ފާއިތުވި އަހަރުތަކުގައި ބޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ، އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރި ރާމް ޗަރަން ގެ ކުރިއަށް އޮތް ފިލްމު "ޕެއްޑީ" ގެ ޝޫޓުތަކަކަށް އޭނާ ސްރީލަންކާއަށް ގޮސްފިއެވެ.
މި ޕްރޮޖެކްޓު އިއުލާން ކުރީއްސުރެން އޭނާގެ ފޭނުންގެ ދަނީ މި ނެރޭމެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
މި ފިލްމުގެ ޝޫޓުތައް މިހާރު ފެށިގެން ކުރިއަށް ދާއިރު، ދެން ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލަންކާގެ ރީތި މަންޒަރުތައް ފެންނަ ތަންތަނުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެ ޝޫޓުތައް ކުރުމަށް މިހާރު ފިލްމު ޓީމުން ވަނީ ލަންކާއަށް ގޮސްފައެވެ.
ބުޗީ ބާބޫ ސަނާ ލިޔެ ޑައިރެކްޓު ކުރާ "ޕެއްޑީ" ގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ޝިވާ ރާޖްކުމާރު، ޖާންވީ ކަޕޫރު، ދިވްޔެންދު ޝަރްމާ، އަދި ޖަގަޕަތީ ބާބޫ އެވެ.
މި ފިލްމުން ވަރުގަދަ ޕާފޯމަންސްތަކާއި ގްރޭންޑް ވިޝުއަލްސް އަދި އިމޯޝަނަލް ޑެޕްތް އެއްކޮށްލާފައިވާ ސިނަމާ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރުމަށް ހަަމަޖެހިފައިވަނީ އަންނަ އަހަރު މާރޗު 27 ގައެވެ.

ކިޔުންތެރިންގެ ހިޔާލު