މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2025 - 16:38
އދ. ގެ ސައިބާ ކުށްތަކާ ދެކޮޅު މުއާހަދާގައި ރާއްޖެއިން ސޮއިކުރުން-
އދ. ގެ ސައިބާ ކުށްތަކާ ދެކޮޅު މުއާހަދާގައި ރާއްޖެއިން ސޮއިކުރުން-
އ.ދ.ގެ ސައިބަރ ކުށްތަކާ ދެކޮޅު މުޢާހަދާގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިމިވަނީ ވިއެޓްނާމުގައި މިހާރު ކުރިއަށްދާ ޔޫއެން ކޮންވެންޝަން އެގެއިންޓް ސައިބާ ކްރައިމްގެ ހައި ލެވެލް އޯޕެނިން ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

މިނިސްޓަރ ހަލީލް މިއަދު ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އޭނާ ވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް މުއާހަދާގައި ސޮއިކުރަށްވާފައި ކަމަށެވެ.

ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމަކީ ރައްކާތެރި ޑިޖިޓަލް މުސްތަގުބަލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަކީ ސައިބާ ކްރައިމްގެ ޝިކާރައަކަށް ފަސޭހައިން ވެވިދާނެ ގައުމުތަކެއް ކަމަށެވެ. އަދި އެކަމުގެ ސަބަބަކީ ސައިބް ކްރައިމްތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލްތައް އެހާވަރަށް ނެތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ނުރައްކާތަކުގެ ސަބަބުން ސައިބާ ކްރައިމުގެ ނުރައްކަލުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ހިތްވަރަށް ބަދަލެއް ނާާންނާނެކަމަށް ޑރ. ހަލީލު ވިދާޅުވިއެވެ.

އޭގެއިތުރުން މި މުއާހަދާގައި ސޮއިކޮށް، ސައިބާ ކްރައިމްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެކަމަށް ޑރ. ހަލީލު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު