މަރްޔަމް ނަހްދާ ވަޙީދު   26 އޮކްޓޯބަރު 2025 - 7:16
ސަތީޝް ޝާހް
ސަތީޝް ޝާހް
ބޮލީވުޑްގެ ވެޓެރަން ތަރި ސަތީޝް ޝާހް އުމުރުން 74 އަހަރުގައި މަރުވެއްޖެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރި ސަތީޝް މަރުވެފައިވަނީ ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ރިޕޯޓުތަކުގައި ބުނީ އޭނާގެ ހާލު ގޯސްވީ ގޭގައި ހުއްޓައި ކަމަށާއި، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަނަމަވެސް ފުރާނަ ސަލާމަތެއް ނުވި ކަމަށެވެ.

ސަތީޝް ޝާހަކީ އާންމުގޮތެއްގައި ކޮމެޑީ ރޯލުތަކުގައި މަސައްކަތް ކުރި ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާއަށް ފުރަތަމަ ނުކުތީ 1978 ވަނަ އަހަރު އަރްވިންދު ދޭސައީގެ "އަޖީބް ދާސްތާން" އިންނެވެ.

އޭނާއަށް ބެލުންތެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ 1983 ވަނަ އަހަރު ނެރުނު "ސާތިރޭ ޖާނޭ ބީ ދޯ ޔާރޯ" ގައި ކުޅުނު މުނިސިޕަލް ކޮމިޝަނަރު ޑިމެލޯގެ ރޯލުންނެވެ.

ސަތީޝް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި 250 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. އޭގެ ތެރޭގައި ހަމް ސާތު ސާތު ހޭ، ކަލް ހޯ ނަ ހޯ، މުޖްސޭ ޝާދީ ކަރޯގީ އަދި އޯމް ޝާންތީ އޯމް ފަދަ ފިލްމުތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް