ފުރްޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައި
ފުރްޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައި
ފުރްޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންތަކެއް ދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ އަމީނީ މަގުގައި ހުންނަ ފުރްޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންނާ ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، އެމިސްކިތަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ ރޭ ދަންވަރު 2:20 ހާއިރު ކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލައި، މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށްވެސް ފުުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ފުރްޤާން މިސްކިތަށް ގެއްލުންދޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު