މަރްޔަމް ނަހްދާ ވަޙީދު   3 ނޮވެމްބަރު 2025 - 9:48
ޝާހުރުކް ޚާން-
ޝާހުރުކް ޚާން-
ބޮލީވުޑްގެ ބްލޮކްބަސްޓަރު ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގު" ގެ ޓީޒާ ދައްކާލައިފިއެވެ.

މި ޓީޒާ ނެރެފައިވަނީ އިއްޔެ ފާހަގަކުރި، ޝާހުރުކްގެ 60 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

ސިދާތު އާނަންދު ޑައިރެކްޓު ކުރާ މި ފިލްމަކީ އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމުގައި ވަރުގަދަ އެކްޝަން ސީކުއެންސްތައް ހިމެނޭކަން ފިލްމުގެ ޓީޒާ ބަލާލުމުން އެނގެއެވެ.

"ކިންގް"ގައި ޝާހުއާ އެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ފެންނާނެ އެވެ. އަދި މީގެ އިތުރުން މުހިންމު ރޯލުތަކުން ރާނީ މުކަރްޖީ، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލަވަތު ވެސް ފެންނާނެއެވެ.

މިއީ ޝާހުރުކް އާއި ރާނީ 19 އަހަރަށްފަހު އެކުގައި މަސައްކަތް ކުރާ ފިލްމު ކަމުގައި ރިޕޯޓުތަކުގައި ވެއެވެ.

"ކިންގު" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. ނަމަވެސް ވަކި ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް