މަރްޔަމް ނަހްދާ ވަޙީދު   7 ނޮވެމްބަރު 2025 - 10:31
ހާޝްވަރްދަން ރާނޭ-
ހާޝްވަރްދަން ރާނޭ-
ގިނަ ބައެއްގެ މެދުގައި މަގުބޫލު ވޮލީވުޑް ފްރެންޗައިސް އެއް ކަމަށްވާ "ފޯސް 3" އަށް ބޮލީވުޑްގެ ތަރި ހާޝްވަރްދަން ރާނޭ ސޮއިކޮށްފިއެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ވަރަށް ވަރުގަދަ ރޯލެއް ހާޝް ކުޅޭނެ ކަމަށާއި އެ ފިލްމަކީ އޭނަ އަށް މިހާތަނަށް އެންމެ ބޮޑު ފީއެއް ވެސް ލިބުނު ފިލްމު ކަމަށެވެ. އެގޮތުން އޭނާ މި ފިލްމަށް ސޮއިކުރީ 15 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް އެވެ. ހާޝްވަރްދަން އާއި ޖޯން އަކީ ވަރަށް ގާތް އެކުވެރިން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބާވް ދޫލިއާ އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ މީނާކްޝީ ޗައުދަރީއެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ހާޝްވަރްދަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އޮމަންގް ކުމާރުގެ އެކްޝަން ތުރިލާ "ސިލާ" ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް