ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް އަށް ދަރިއަކު ލިބިއްޖެއެވެ.
މިއީ އެދެމީހުންގެ އަލަތު ދަރިފުޅެވެ. މި ދެ ތަރިން ކައިވެނި ކުރީ 2021 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.
މި ދެ ތަރިން ވަނީ މި އުފާވެރި ހަބަރު އެމީހުންގެ ފޭނުންނާއި ހެޔޮއެދޭ މީހުންނާ ހިއްސާކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހިއްސާކުރި ޕޯސްޓުގައި ދެ ތަރިން ވަނީ ފިރިހެން ދަރިއަކު ލިބުނުކަން އިއުލާން ކޮށްފައެވެ. ޕޯސްޓުން އެނގޭ ގޮތުގައި ކެޓްރީނާ ވިހެއީ މިއަދު އެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ހެޔޮއެދޭ އެތައް ބަޔަކު ވަނީ މި ދެ ތަރިންނަށް މަރުހަބާ ކިޔާފައެވެ.
ވިކީ އާއި ކެޓްރީނާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.

ކިޔުންތެރިންގެ ހިޔާލު