ބޮޑު ހަދަސްވެރިޔާއަށް ކީރިތި ޤުރުއާން ކިޔެވުން ހުއްދަވެގެން ނުވެއެވެ.
މިއީވެސް މިހާރަކަށް އައިސް އަލަށް ތިލަވެގެން އުޅޭ މައްސަލައެކެވެ. ބޮޑުޙަދަސްވެރި ވުމަކީ ޤުރުއާން ކިޔެވުން މަނާކުރާކަމެއް ނޫނެވެ. މިއީ ސަލަފުއް ޞާލިޙުންގެ މަަަަަަަަގު ދޫކޮށް އަމިއްލަ އެދުންތަކަށް ތަބާވެ ދީނަކީ ތިމަތިމާމެން ކުޅޭކުޅޭ އެއްޗަކަށް ހަދާލުމަށް ކުރެވޭ މަސައްކަތުގެ ތެރޭން ކަމަކެވެ. ދީނުގައި މިއަދާ ހަމައަށް ބެލެވެމުން އަންނަ ޙަރާމްކަންތައް ހުއްދަކަމަށް ބުނެ ކީރިތި ޤުރުއާނުގެ ޙުރުމަތް ކަނޑާލުމަށް އެޅެވޭ ފިޔަވަޅެކެވެ. ލުއިފަސޭހައިގެ ނަމުންނެވެ. ޢުޒުރުގެ ނަމުގައެވެ.
ޢާއްމު ސަލަފުއްޞާލިޙުންގެ މަޛްހަބަކީ ބޮޑު ހަދަސްވެރިޔާއަށް ޤުރުއާން ކިޔެވުން ޙަރާމްކަމެވެ.
މިމައްސަލާގައި ސަލަފުއް ޞާލިޙުންގެ މަގަކީ ކޮބައިތޯއާއި ދީނުގެ ޢިލްމުވެރިންގެ މަޒުހަބުތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ބޮޑުޙަދަސް ވެރިޔާގެ އެއްވައްތަރަކީ ޖުނުބު ވެރިވުމެވެ. އަނެއް ވައްތަރަކީ ޙައިޟުވެރިވުމެވެ. ނުވަތަ ނިފާސްވެރިވުމެވެ.
ޖުނުބުވެރިޔާއާ ބެހޭ މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ވަނީ ދެބަސްފުޅެކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖުނުބުވެރިޔާއަށް ޤުރުއާން ކިޔެވުމަކީ މަނާކަމެއް ކަމަށެވެ. މިބޭކަލުންގެ ތެރޭގައި ހަތަރު މަޒުހަބުގެ އިމާމުން ހިމެނެއެވެ. އެހެނަސް ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެއީ ހުއްދަކަމެއް ކަމަށެވެ. މިކަމުގައި ޚިލާފު އުފެދިފައިވަނީ ޢަލީގެފާނުގެ ކިބައިން ރިވާވެގންވާ ޙަދީޘްގައި އޮތް އިޙްތިމާލެއްގެ ސަބަބުންނެވެ. އެޙަދީޘްގައިވަނީ: ﴿فَقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ لَا يَحْجِزُهُ عَنْ قِرَاءَةِ الْقُرْآنِ شَيْءٌ سِوَى الْجَنَابَةِ﴾ (މާނައީ: ކީރިތި ރަސޫލާއަށް ޤުރުއާން ކިޔެވުމުން މަނާވެވަޑައިގަންނަވަނީ ހަމައެކަނި ޖުނުބުވެރިކަމުގެ ޙާލަތުންނެވެ.) މިއެވެ.
ޙައިޟުވެރިކަމަށް ބަލާއިރު އެއީ ޖުނުބުވެރިކަމަށް ވުރެން ޙަދަސުގެ ގޮތުން ބޮޑުވެ، އުނދަގޫކަން ބޮޑުކަމެކެވެ. އެހެންކަމުން ޙުކުމުގައިވެސް ބޮޑެވެ. ބޮޑުޙަދަސް ވެރިޔާއަށް ނަމާދުކުރުމާއި ޠަވާފު ކުރުމާއި ރޯދަ ހިފުން ޙަރާމްވެގެން ވެއެވެ. ހަމައެހެންމެ މިސްކިތަށް ވަދެއުޅުން ވެސް ޙަރާމްވެގެން ވެއެވެ. މިކަންކަން ޙަރާމްވުމުގައި ދީނުގެ ޢިލްމުވެރިންގެ އިޖްމާޢު ވަނީ އެއްބަސްވެފައެވެ. މިސްކިތަށް ވަދެމަޑު ކުރުމުގައި އިމާމު އަޙްމަދު ވިދާޅުވަނީ ޙައިޟުވެރިޔާ ފިޔަވައި، ޖުނުބުވެރިޔާއަށް ވުޟޫކޮށްލައިގެން އިރުގަނޑަކަށް މިސްކިތުގައި މަޑުކުރެވިދާނެ ކަަމަށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا (މާނައީ: އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިއަކު މެނުވީ ޖުނުބުވެރިވެގެންވާ ޙާލުގައި، ހިނައިގެންފުމަށް ދާނދެން، މިސްކިތަށް ނުވަންނާށެވެ.) (އައްނިސާ:43)
ދެންއޮތީ ޤުރުއާން ކިޔެވުމުގެ މައްސަލައެވެ. ޖުނުބުވެރިޔާއަށާއި ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާއަށް ޤުރުއާން ކިޔެވުން ހުއްދަ ނޫންކަމުގައި ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އިމާމު ނަވަވީ އަލްމަޖްމޫޢުގައި މިފަދައިން ވިދާޅުވެފައި ވެއެވެ.
ޖުނުބުވެރިޔާއާއި ހައިޟުވެރިޔާ ޤުރުއާން ކިޔެވުމާ ބެހޭގޮތުން ޢިލްމުވެރިންގެ މަޒުހަބުތަކަށް ބަލާއިރު އަހަރެމެންގެ މަޒުހަބަކީ ޖުނުބުވެރިންނާއި ހައިޟުވެރިންނަށް ޤުރުއާން ކިޔެވުން ހަރާމްވެގެންވާކަމެވެ. އެއީ މަދުން ކިޔެވިޔަސް އަދި ގިނައިން ކިޔެވިޔަސްމެއެވެ. އަދި އާޔަތެއްގެ ބައެއް ވިޔަސް މެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ މަޛްހަބެވެ. މިފަދައިން އިމާމު ޚައްޠާބީއާއި އެނޫން ބޭކަލުން ގިނަޢިލްމުވެރިންގެ ކިބައިން މިމަޒްހަަބު ނަޤުލު ކުރައްވާފައި ވެއެވެ. އަދި އަހަރެމެންގެ އިމާމުން މިފަދައިން ނަޤުލުކުރައްވާފައިވަނީ މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން ޚައްޠާބާއި ޢަލީގެފާނާއި ޖާބިރުގެފާނުންގެ އަރިހުންނެވެ. އަދި އިމާމު ހަސަނުލްބަޞަރީއާއި ޒުހުރީއާއި ނަޚަޢީއާއި ޤަތާދާއާއި އަޙްމަދާއި އިސްޙާޤުގެ އަރިހުންނެވެ. އިމާމު ދާވޫދު ޒާހިރީ ވިދާޅުވެފައިވަނީ ޖުނުބުވެރިންނާއި ހައިޟުވެރިންނަށް ޢާއްމުކޮށް ޤުރުއާން ކިޔެވުން ހުއްދަވެގެންވާ ކަމަށެވެ.
އިމާމު މާލިކު ވިދާޅުވިއެވެ. ޖުނުބުވެރިޔާއަށް ޝައިޠާނާގެ ކިބައިން ސަލާމަތްތެރިކަން ހޯދުމުގެގޮތުން މަދު އާޔަތްކޮޅެއް ކިޔެވިދާނެކަމަށެވެ. އަދި ޙައިޟުވެރިޔާއާ ބެހޭގޮތުން އެކަލޭގެފާނުގެ ކިބައިން ދެ ރިވާޔަތެއް އައިސްފައި ވެއެވެ. އޭގެ ތެރެއިން އެއް ރިވާޔަތުގައިވަނީ މިސާލަކަށް މުދައްރިސާއަކަށް ކުށް ލައިދިނުމުގެ ގޮތުން އާޔަތެއްގެ ބައިބައި ކިޔެވިދާނެ ކަމަށެވެ. އަނެއް ރިވާޔަތުގައިވަނީ އެއްގޮތަކަށް ވެސް ނުކިޔެވޭނެ ކަމަށެވެ. އަދި އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ ޖުނުބުވެރިޔާއަށް އާޔަތެއްގެ ބައެއް ކިޔެވިދާނެކަމަށާއި ނަމަވެސް ފުރިހަމަ އާޔަތެއް ނުކިޔެވޭނެ ކަމަށެވެ. އަދި އެކަލޭގެފާނުގެ އަޞްލު މަޒުހަބު ވަނީ އަހަރެމެންގެ މަޛްހަބާ އެއްގޮތަށް ޙަރާމްކަމެއް ކަމަށެވެ.
މުޠުލަޤުކޮށް ޤުރުއާން ކިޔެވުން ހުއްދަކުރަށްވާ ބޭކަލުންގެ ތެރޭގައި ހިމެނެނީ ކުރިން ބުނިފަދައިން ދާއޫދު ޒާހިރީ އެކަންޏެވެ. މިހާރުގެ ބައެއް ޙަންބަލީ ވައްހާބީ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ މިރައުޔަށެވެ.
ޙަރާމްކަމުގެ ދަލީލަކީ ތިރީގައި ބަޔާންވެގެންވާ މިޙަދީޘެވެ. رَسُولُ اللَّهِ ހަދީޘު ކުރެއްވިއެވެ. عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْضِي حَاجَتَهُ فَيَقْرَأُ الْقُرْآنَ وَلَمْ يَكُنْ يَحْجُبُهُ الْقُرْآنَ شَيْءٌ إِلاَّ الْجَنَابَةُ (މާނައީ: ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކުގައި ހުންނަވަމުން ޤުރުއާން ކިޔަވާ ވިދާޅުވެތެވެ. އަދި ޖަނާބަތުގެ ޙާލަތުގައި މެނުވީ، އެނޫން އެއްވެސް ކަމަކުން އެކަލޭގެފާނު ޤުރުއާން ކިޔެވުމުން މަނާވެވަޑައެއް ނުގަންނަވަތެވެ.) މިޙަދީޘް ރިވާކުރައްވާފައިވަނީ އަބޫ ދާވޫދާއި ތިރުމިޛީއާއި ނަސާއީއާއި އިބްނު މާޖާއާއި ބައިހަޤީއާއި އެނޫންވެސް ބޭކަލުންނެވެ. ތިރުމިޛީ ވިދާޅުވެފައިވަނީ މިއީ ޙަސަން ޞަޙީޙް ޙަދީޘެއް ކަމުގައެވެ.
އަދި އެހެން ރިވާޔަތެއް މާތް ﷲ ރުއްސުންލެއްވި އިބްނު އުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ޙަދީޘްކުރެއްވިއެވެ. لَا يَقْرَأُ الْحَائِضُ وَلَا الْجُنُبُ شَيْئًا مِنَ الْقُرْآنِ (ޙައިޟުވެރިޔާއާއި ޖުނުބުވެރިޔާ ޤުރުއާނުގެ އެއްވެސް މިންވަރެއް ކިޔަވައިގެން ނުވާނެއެވެ.) މިޙަދީޘް ރިވާކުރައްވާފައިވަނީ އަބޫ ދާވޫދާއި ތިރުމިޛީއާއި އިބްނުމާޖާއާއިދާރުޤުޠުނީއެވެ. މިޙަދީޡު ބައެއް ބޭކަލުން ޞައްޙަ ކުރަށްވާއިރު އަނެއްބައި ބޭކަލުން ބަލިކަށި ކުރަށްވައެވެ. އިމާމު ތިރުމިޛީ ވިދާޅުވިއެވެ. މިކަން ޖުނުބުވެރިޔާގެ މައްޗަށް ސާބިތުވާނަމަ، ޙައިޟުވެރިޔާގެ މައްޗަށް ބޮޑަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. އެއީ ޙައިޟުގެ ޙަދަސްވެރިކަން (ހަށިގަނޑުގެ ނަޖިސްކަން) ޖުނުބަށްވުރެން މާބޮޑުވެގެންވާތީއެވެ. އެހެންކަމުން، ޙައިޟުވެރިޔާއަށް ޖުނުބުވެރިޔާގެ އެންމެހައި ޙުކުމުތަކުގައި އެއްގޮތް ވުމުގެ އިތުރުން، ޖުނުބުވެރިޔާއާ ޚިލާފަތް ޙައިޟުވެރިޔާއާ ޖިމާޢުވުން ޙަރާމްކުރެވިގެން ވެއެވެ. ރޯދަހިފުން މަނާވެވިގެން ވެއެވެ. ނަމާދު ހުއްދަ ނުކުރެވި، ޠަވާފު ކުރުން ވަނީ މަނާކުރެވިފައެވެ.
ޤުރުއާން ކިޔެވުން ހުއްދަ ކުރަށްވާ ބޭކަލުން ދަލީލުތައް:
(ހ) ޤުރުއާން ކިޔެވުން ހުއްދަ ކުރަށްވާ ބޭކަލުން ދަލީލެއްގެ ގޮތުގައި ގެންނަވާ އެއްދަލީލަކީ އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝަތުގެފާނު ރިވާކުރައްވާފައިވާ މިޙަދީޘެވެ. އެއީ كَانَ رَسُولُ اللَّهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَذْكُرُ اللَّهَ تَعَالَى عَلَى كُلِّ أَحْيَانِهِ (މާނައީ: ހަމަކަށަވަރުން رَسُولُ اللَّهِ އެކަލޭގެފާނުންގެ އެންމެހާ ޙާލަތެއްގައި މާތް ﷲ ހަނދުމަ ކުރައްވަތެވެ.) މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު މުސްލިމެވެ. ދެން މިބޭކަލުން ވިދާޅުވަނީ ޤުރުއާނަކީ ޛިކުރަކަށް ވެފައި، އަޞްލަކީ އެހެން ޛިކުރުތައް ފަދައިން ޤުރުއާން ކިޔެވުން ޙަރާމްނުވުމެވެ.
(ށ) މިބޭކަލުންގެ ދެވަނަ ދަލީލަކީ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެންވާ އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން ބޭކަލުން ނެރުއްވި މިޙަދީޘެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَتَّكِئُ فِي حَجْرِي وَأَنَا حَائِضٌ ثُمَّ يَقْرَأُ الْقُرْآنَ (މާނައީ: ލޮބުވެތި ރަސޫލާ ތިމަންކަމަނާގެ އުނގުފުޅަށް އިސްތަށިފުޅު ލައްވަަަަަަވައިގެން އޮންނަވައި ޤުރުއާން ވިދާޅުވެތެވެ. އެހިނދު ތިމަންކަމަނާ އިންނަވަނީ ޙައިޟުގައެވެ.)
(ނ) އަދިވެސް މިބޭކަލުން ދަލީލެއްގެ ގޮތުން ވިދާޅުވެއެވެ. ޙައްޖުގެ ދަތުރުފުޅުގައި ޢާއިޝަތުގެފާނާއި އަސްމާ ބިންތި ޢުމައިސުގެ ގާތު ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. (އެހިނދު ޢާއިޝާ ވަނީ ޙައިޟުގެ ޙާލަތުގައެވެ. އަސްމާ އިންނެވީ ނިފާސްކަމުގެ ޙާލަތުގައެވެ.) اصْنَعِي مَا يَصْنَعُ الْحَاجُّ غَيْرَ أَلَّا تَطُوفِيَ بِالْبَيْتِ (މާނަަައީ: ޙައްޖުވެރިންކުރާ އެންމެހައި ކަމެއްކުރާށެވެ. އެހެނަސް ގެފުޅުގައި ޠަވާފު ނުކުރާށެވެ.) މިތާގައި މިބޭކަލުން ވިދާޅުވަނީ ޙައްޖުވެރިން ކުރާ އެންމެހައި ކަމެއް ކުރުމަށް ކީރިތި ރަސޫލާ ހުއްދަ ދެއްވިހިނދު އެބައިމީހުން އެންމެގިނައިން ކުރާ އެއްކަމަކީ ޤުރުއާން ކިޔެވުމެވެ. އެހެންކަމުން އެއިން ސާބިތުވަނީ ޤުރުއާން ކިޔެވުމަކީ ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއް ކަމެވެ.
މިޙަދީޘުތަކުގެ ޖަވާބުގައި ޙަރާމް ކުރަށްވާ ބޭކަލުން ވިދާޅުވަނީ ފުރަތަމަ ޙަދީޘުގެ ތަފްޞީލު މިއޮތީ ޢަލީގެފާނުންގެ ޙަދީޘުން ސާބިތުވާށެވެ. އިމާމު ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. عَنْ عَلِيٍّ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْرِئُنَا الْقُرْآنَ عَلَى كُلِّ حَالٍ مَا لَمْ يَكُنْ جُنُبًا (މާނައީ: ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ ތިމަންމެންނަށް އެންމެހައި ޙާލަތްތަކެއްގައި ޤުރުއާން ކިޔަވައިދެއްވަތެވެ. އެއީ އެކަލޭގެފާނު ޖުނުބުވެރިވެ ވަޑައިގެން ނުހުންނަވާނަމައެވެ.) ދެން ތިރްމިޛީވިދާޅުވެފައި ވެއެވެ. ޢަލީގެފާނުގެ މިޙަދީޘަކީ ޙަސަން ޞަޙީޙް ޙަދީޘެކެވެ. އަދި މިގޮތަށް ކީރިތި ރަސޫލާގެ އަޞްޙާބުބޭކަލުންނާއި ތާބިޢީންގެ ތެރެއިން ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެބޭކަލުން ވިދާޅުވެފައި ވަނީ، މީހަކު ވުޟޫ ނެތި ޤުރުއާނުގައި އަތް ނުލައި ކިޔެވިދާނެކަމަށާއި އެހެނަސް ޤުރުއާން ކިޔަވަންވާނީ ބޮޑު ޙަދަސުން ޠާހިރުވެގެންވާ ޙާލުގައެވެ. އަދި މިއީ އިމާމު ސުފްޔާނުއް ޘައުރީއާއި ޝާފިޢީއާއި އަޙްމަދުއާއި އިސްޙާޤުގެ ރައުޔުވެސް މެއެވެ. އިބްނު ޤުދާމާ އަލްމުޣުނީގައި ވިދާޅުވަނީ އަޞްޙާބުއް ރައުޔުގެ މަޛްހަބަކީވެސް އެއީ ކަމަށެވެ. މިތާގައި އަޞްޙާބުއް ރައުޔުގެ މުރާދަކީ އިމާމު އަބޫ ޙަނީފާއާއި ޙަނަފީ މަޛްހަބުގެ ބޭކަލުންނެވެ.
އަދިވެސް ސައްޔިދިނާ ޢަލީގެފާނުންގެ ކިބައިން އިމާމު އަބޫ ޔަޢުލާ (މުސްނަދުގައި) ރިވާކުރަށްވާފައި ވެއެވެ. رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَوَضَّأَ ثُمَّ قَرَأَ شَيْئًا مِنَ الْقُرْآنِ ثُمَّ قَالَ هَكَذَا لِمَنْ لَيْسَ بِجُنُبٍ فَأَمَّا الْجُنُبُ فَلَا وَاللَّهِ (މާނައީ: އަހުރެން رَسُولُ اللَّهِ ވުޟޫކުރައްވަނިކޮށް ދެކުނީމެވެ. އެކަލޭގެފާނު ވުޟޫކުރައްވައި ނިމިވަޑައިގެން ޤުރްއާނުން ތަންކޮޅެއް ކިޔަވައި ވިދާޅުވިއެވެ. އެއަށްފަހު ޙަދީޘުކުރެއްވިއެވެ. މިގޮތަށް ކިޔެވުން ހުއްދަވާނީ ޖުނުބުވެރިކަމުގެ ޙާލަތުގައި ނެތް މީހަކަށެވެ. އަދި ﷲ ގަންދީ ވިދާޅުވަމެވެ. ޖުނުބުވެރިއަކަށް މިފަދައިން ކިޔެވުން ހުއްދައެއް ނުވާނެއެވެ.) އިމާމު ނޫރައްދީން އަލްހައިޘަމީ ވިދާޅުވިއެވެ، މިޙަދީޘްގެ ރާވީންނަކީ އިތުބާރުހުރި ޘިޤާ ބޭކަލުންނެވެ. އަދި މިޙަދީޘުން ދޭހަވަނީ މިޙާލަތުގައި ޤުރުއާން ކިޔެވުން ޙަރާމްވެގެންވާ ކަމެވެ. އެހެނީ މިއީ ނަހީއެކެވެ. އަދި ނަހީގެ އަޞްލަކީ ހުއްދަނުވުމެވެ. އަދި މިކަން ކުރިން ބަޔާންވެދިޔަ ކަންކަމަށް ބާރުދެއެވެ. (ތުޙްފަތުލް އަޙްވަޛީ:1/385)
ދެވަނަ ޙަދީޘުގެ ޖަވާބުގައި އަހަރެމެންގެ އިމާމުން ވިދާޅުވަނީ އެއީ މައްސަލައާ އެއްވެސް ގުޅުމެއްނުވާ ޙަދީޘެއް ކަމަށެވެ. މިހެނީ ޤުރުއާން ކިޔަވާ ވިދާޅުވީ ކީރިތި ރަސޫލާއެވެ. ޢާއިޝަތުގެފާނެއް ނޫނެވެ.
އެބޭކަލުންގެ ތިންވަނަ ޙަދީޘުގެ ޖަވާބުގައި އަހަރެމެންގެ އިމާމުން ވިދާޅުވަނީ އެއީ ދެކޮޅުނުޖެހޭ ޤިޔާސެއް ކަމަށެވެ. މިހެނީ ޤުރުއާން ކިޔެވުމަކީ ޙައްޖުގެ މަނާސިކަކަށް ނުވާހިނދު ކީރިތި ރަސޫލާ ހުއްދަ ދެއްވީ ޠަވާފު ފިޔަވައި ޙައްޖުގެ އެހެނިހެން މަނާސިކުތައް ކުރުމަށެވެ. އެއީ މިސާލަކަށް ތަލްބިޔާ ކިއުމާއި ޢަރަފާތަށް ދިއުމާއި ހަދުޔު ކަަަތިލުމާއި ޖަމްރާތަކަށް ހިލައުކުންފަދަ ކަންކަމެވެ. ބަޔަކު ޤުރުއާންކިޔެވިއަކަސް ޤުރުއާން ކިޔެވުމަކީ ޙައްޖާ ގުޅުންހުރި ކަމެއް ނޫނެވެ.
ޙައިރާންކުރަނިވި ފަތުވާއެއް:
މިމައްސަލައާމެދު މިއަދުގެ ސަފީންކިބައިން، އަޑުއަހާމީހާ މޮޔަކޮށްލާފަދަ ފަތުވާއެއް އެބަދެއެވެ. އެއީ އެމީހުން ދެކޭގޮތުގައި، ޙައިޟުވެރިޔާ ޤުރުއާން ފޮތުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވުމަކީ ހުއްދަވެގެންވާ ކަމެކެވެ. މިމީހުންގެ ބަހުން ﷲގެ ކަލާމްފުޅަށް ވުރެން ލިޔެފައިވާ ފޮތް ޙުރުމަތްތެރިވުން ބޮޑުވީއެވެ. މިއީ ކޮންކަހަލަ ބުއްދިއެއް ޤަބޫލުކުރާ ކަމެއްހެއްޔެވެ؟ ޤުރުއާން ފޮތަކީ އިންސާނުން އަމިއްލަ އަތުން ލިޔެގެން ޗާޕުގެން އުފައްދާ މާއްދީ ކަރުދާހެކެވެ. ކިޔެވުމަށް ފަސޭހައަކަށް ލިޔެގެން ގެންގުޅެނީއެވެ. މިމީހުންގެ ފަތުވާއަކީ އޭގައި އަތްލުން ޙަރާމް ކަމަށެވެ. އެކަމަކު އެއެއްޗެއްގެެ ސަބަބުން ޤުރުއާންފޮތް މުޤައްދަސް ކޮށްދިން ކަލާމު ﷲ ކިޔެވުން ހުއްދަވަނީއެވެ. މިއީ ކޮންކަހަލަ ހަމައަކުން، ކޮން އުޞޫލެއްގެ މަންޠިޤަކުން، ކޮން ވައްތަރެއްގެ ބުއްދިއަކުން ޤަބޫލުކުރާ ހަމައެއްހެއްޔެވެ؟ މާތް ﷲ އަޅުގަނޑުމެންނަށް ހެއު ވިސްނުން ދެއްވާށިއެވެ.

ކިޔުންތެރިންގެ ހިޔާލު