އަޔުޝްމާން އާއި ޝަރްވަރީ-
އަޔުޝްމާން އާއި ޝަރްވަރީ-
ބޮލީވުޑްގެ ނަންވިދާ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ޝަރްވަރީ ވާގް ގެ ކުރިއަށް އޮތް ފިލްމުގެ ނަން މީޑިއާތަކުން ހާމަކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސޫރަޖު ބާރްޖަތިޔާ ޑައިރެކްޓުކުރާ މި ފިލްމުގެ ނަމަކީ "ޔޭ ޕްރޭމް މޯލް ލިޔާ" އެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ މި ފިލްމުގެ ނަމަކީ "ޕްރޭމް ކީ ޝާދީ" ކަމަށް ބުނެ ރިޕޯޓު ކޮށްފައެވެ. ނަމަވެސް މިހާރު މި ފިލްމުގެ އަސްލު ނަމަކީ "ޔޭ ޕްރޭމް މޯލް ލީލާ" ކަން ވަނީ ކަށަވަރު ވެފައެވެ.

މި ފިލްމުގެ ޝޫޓިން މިމަހު 1 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި ކަނޑިވަލީގައި އެއް ހަފްތާގެ މުއްދަތަކަށް ޝޫޓު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމުގެ ކުރިއަށް އޮތް ޝޫޓު ދެން އޮންނާނީ މެހެބޫބް ސްޓޫޑިއޯސްގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނުޕަމް ޚޭރް، ސީމާ ޕަހްވާ، އަދި ސުޕްރިޔާ ޕަތަކްވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހުރިހާ ކަމެއް ރަނގަަޅަށް ގޮސްފިނަމަ މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީއަށް ނިމޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް