ޖުމްހޫރީ ދުވަސް ފާހަގަކުރި ނަމަވެސް މިހާރުވެސް ރާއްޖެއިން ރަސްކަމުގެ ބައެއް ސިފަތައް ފެންމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިކަން ފާހަގަކުރެއްވީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ބޭފުޅުންނަށް އަރިސް ކުރަށްވައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޢުމަރު ވިދާޅުވީ، އެތައް ހާސް އަހަރެއް ވަންދެން ރާއްޖޭގައި ހިނގަމުންއައި ރަސްކަން އުވާލައި، ރައްޔިތުން އިންތިޚާބުކުރާ ޖުމްހޫރީ ވެރިކަމެއް ދިވެހިންނަށް ލިބުނުކަމީ، ރާއްޖޭގެ ކުރިއެރުމަށް ލިބުނު، އަގު ކުރަން ނޭނގޭ ވަރުގެ ހެޔޮބަދަލެއް ކަމަށެވެ.
ނަމަވެސް ކޮންމެވެސް ސިފައެއްގައި ރަސްކަމުގެ ތެރޭގައި ބައެއް ޤައުމުތައް ބަނދެވިފައިވާކަން ޢުމަރު ފާހަގަ ކުރެއްވިއެވެ.
"މިއަދުވެސް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށާއި، އޭނާގެ ނައިބަށާއި އަދި 'ފަސްޓް ލޭޑީ' އަށް، މިކުރެވޭ ބޮޑެތި އިސްރާފުތަކާއި މި ދުއްވާ ބޮޑެތި މޮޓޮކޭޑް ތަކާއި ރައީސުލް ޖުމްހޫރިއްޔާ އަށް ވަކި ޚާއްސަ ދިދައަކާއި ވަކި ރަށެއް އޮތުމަކީ، ރަސްކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ވާރުތަވެފައި ހުރި ކުޑަ މިންވަރެއް." ޢުމަރު ވިދާޅުވެފައިވެއެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު މިއަދު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނީ ނޮވެމްބަރު 11، 1968އެވެ.
އަދި މިހާރު ރާއްޖޭގައި ވެރިކަން ކުރަށްވަމުން ގެންދަވަނީ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

— Umar Naseer (@UmarNaseerMV) November 11, 2025
ޢުމަރު މިހެން ވިދާޅުވެފައިވާއިރު މިއަދު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނީ ނޮވެމްބަރު 11، 1968އެވެ.
އަދި މިހާރު ރާއްޖޭގައި ވެރިކަން ކުރަށްވަމުން ގެންދަވަނީ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ކިޔުންތެރިންގެ ހިޔާލު