ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ވެރިކަމުގެ ކަންކަމުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަކީ ޖުމްހޫރީ ވެރިކަމެއްގައި އެންމެ އިސް އަސާސް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން މިދާ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ސޯލިހު ވިދާޅުވީ ޖުމްހޫރިއްޔަތެއްގައި ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

އެހެންކަމުން ވެރިކަމުގެ އެންމެހާ ކަމެއްގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމަކީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ މުހިއްމު އަސާސް ކަމުގައި ސޯލިހު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނީ ނޮވެމްބަރު 11، 1968 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް