ސަރުކާރުގެ އޮފީސްތަކުން ރައްޔިތުން ގުޅީމަ ފޯނު ނުނަގާތީ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކުރައްވައިފިއެވެ.
ރޮޒެއިނާ މިގޮތަށް ނުރުހުން ފާޅުކުރައްވާފައި މިވަނީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓަކަށް ގުޅާތާ ހަފްތާއެއް ވީއިރުވެސް ފޯނަށް ޖަވާބުނުދީގެން އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
މިކަމާ ނުރުހުން ފާޅުކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ރޮޒެއިނާ ވިދާޅުވީ ސަރުކާރު އޮފީސްތަކަށް ރައްޔިތުން ގުޅީމާ ފޯނުނެގުން އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް އޮންނަ ކަމެއް ނޫން ކަމަށެވެ.
"ތީ ކޮންމެ ތާކަށް ގުޅިއަށް ވާގޮތް. ފޯނު ބަހައްޓަނީ ކީއްކުރަންތަ އެއަށް ޖަވާބުދޭނެ މީހެއް ނެތިއްޔާ؟" ރޮޒެއިނާ ވިދާޅުވިއެވެ.
ސިވިލް ސާވިސް ކޮމިޝަން ޓެގުކޮށް ރޮޒެއިނާ ވިދާޅުވީ މިއީ އެ ކޮމިޝަނުން ބަލަން ޖެހޭ، ރައްޔިތުންނަށް މުސީބާތަކަށް ވެފައި އޮތް މައްސަލައެއް ކަމުގައެވެ.
"އެންމެ އާދައިގެ މައުލޫމާތެއް ސާފުކުރަން ޖެހުނަސް ތީން ތަނަކުން ފޯނު ނުނަގައިގެން ޖެހޭނީ ކޮންމެވެސް ދަންނަ މީހެއް ހޯދައިގެން އެމީހަކަށް ނޮހޮރުއްޕާން ކުރަން. ކޮންމެ މީހަކު ދަންނަ މީހެއް ހުންނާނެތަ ކޮންމެ ތާކު؟" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މިއީ ކޮންމެ ސަރުކާރެއް އޮތަސް މިކަން އޮންނަ ގޮތް ކަމަށެވެ. އަދި މިއީ ސިވިލް ސާވިސްގެ ފެއިލްވުމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"މިކަހަލަ ކޮމްޕްލެއިންސް އައީމަ އެތާ ފޯނު ނަގަން ހަވާލުވެފަަ ހުންނަ މީހެއް ބަލާފަ ވެރިން ޖެހޭ ފިޔަވަޅު އަޅަން. އެއްވެސް މޮނިޓަރިން ޕްރޮސެސް އެއް ނޯންނަނީބާ މިތަންތާ؟" ރޮޒެއިނާގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިކަން ނުބެލޭއިރު، ވަރުވަރުން ސުޕަވައިޒަރުންނާއި މެނޭޖަރުންނާއި ޑައިރެކްޓަރުން ލާފަ ތިބެނީ ކޯޗެއް މެނޭޖުކޮށް ސުޕަވައިޒްކޮށް ޑައިރެކްޓުކުރަންތޯ ވިދާޅުވެ ރޮޒެއިނާ ވަނީ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު