ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޖުމްލަ 300,352 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދު ވަނީ މިދިޔަ އަހަރުތެރޭގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 263,042 ފަތުރުވެރިންގެ ޢަދަދަށްވުރެ 14 އިންސައްތަ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ 15 އިންސައްތަ ހިއްސާ މިހާރު ކުރަނީ ޗައިނާ ފަތުރުވެރިންނެވެ. މުޅި ޖުމްލަ ފަތުރުވެރިންގެ ޢަދަދު ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.8 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކާއެކު، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,446 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް