ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފެނަކައިން ހާމަކޮށްފިއެވެ.
ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. މި މައްސަލަ ދިމާވެ، ސަަފު ފެން ނުލިބި، ފުވައްމަލަކު ރައްޔިތުންނަށް ވަނީ އެތައް ތަކުލީފުތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެ ރަށު ރައްޔިތުން ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހުވެސް މުޒާހަރާ ކޮށްފައެވެ.
މި މައްސަލަ ފެންމަތިވުމުން ސަރުކާރުން އަންގާރަ ދުވަހު ބުނީ ހައެއްކަ ގަޑިއިރު ތެރޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނި ވަގުތު އައިސް ޖެހުނުއިރުވެސް މައްސަލަ ހައްލު ވެފައެއް ނުވެއެވެ. އެކަމާ އެރަށު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުނާ ފާޅުކޮށްފައެވެ.
ނަމަވެސް މިހާރު ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މެންދުރާ ހަމައަށް ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޙުލީލުތަކުން ކަށަވަރުކުރުމަށްފަހުގައި ހުއްދަ ލިބިގެންކަމަށެވެ.
އަދި ފެން ދޫކުރުން ކުރިއަށްގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުންކަމަށާއި، ފެނުގެ ވިއުގައިގައި އިތުރު މައްސަލައެއް ފާހަގަނުވާ ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާކަމަށް ނަޖާހު ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ބުނީ ފުވައްމުލަކު ފެނުގެ ވިއުގައަށް ދިމާވި މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބޭނެކަމަށެވެ. އަދި އިތުރަށް ހުރި މައްސަލަތައްވެސް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު