ސިޔާސީ ޖަލްސާތަކަށް ޖޯޝާއި ފޯރީގައި ދާފަދައިން މިސްކިތަށް ނުދަނީ ކީއްވެގޯ ވިދާޅުވެ ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.
ޒައިދު މިފަދައިން ސުވާލުކުރައްވާފައި މިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޒައިދު ވަނީ ސިޔާސީ ޖަލްސާތަކުގައި ބައިވެރިވާ ބައެއްމީހުން މިޖޯޝާ ފޯރީގައި މިސްކިތައް ނުދަނީ ކީއްވެތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
އެފަރާތްތަކުން މިސްކިތަށް ނުދަނީ ވަގުތުން ލާރި ނުލިބޭތީތޯ، ނުވަތަ ހާޒިރީ މާކު ނުކުރެވޭނެ ކަމަށް ހީކުރެވޭތީތޯ ވިދާޅުވެވެސް ޒައިދު ސުވާލުކުރެއްވިއެވެ.
"ބައްލަވާ! ނަމާދުގެ ހާޒިރީ ވެސްބެލޭނެ! އޭގެ ސަވާބުވެސް ލިބޭނެ!" ޒައިދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޚުތަކުބް މީހުން ގެންނަނީ ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މި ޖަލްސާއަށް އައުމަށް ދައުލަތުގެ މުއަައްސަސާތަކުގައި މަސައްކަތއ ކުރާ ފަރާތްތަކަށް ސަރުކާރުން މަޖުބޫރު ކުރުވި ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު