މަރްޔަމް ނަހްދާ ވަޙީދު   16 ނޮވެމްބަރު 2025 - 11:28
ލަބޫބޫ-
ލަބޫބޫ-
ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ޓިކްޓޮކްގައިވެސް ވަރަށް ބޮޑަށް ޓްރެންޑިންވި ލަބޫބޫ ބުދަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފިއެވެ.

މި ފިލްމު ޕްރޮޑިއުސް ކުރާަނީ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯއެއް ކަމަށްވާ ސޮނީ ޕިކްޗާސްއިންނެވެ. ސޮނީ ޕިކްޗާސް އިން ވަނީ ބޫބޫ އަށް ފިލްމެއް އެ ބުދު ނެރޭ ޗައިނާގެ ކުންފުނިކަމަށްވާ ޕޮޕް މާޓުން އެކަމުގެ ރައިޓްސް ވެސް ހޯދާފައެވެ.

ރިޕޯޓުތަކުގައި ބުނީ ލަބޫބޫ އަށް ބިނާކޮށް ގެނެސްދޭ ފުރަތަމަ ފިލްމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލާފައި އޭގެ ފްރެންޗައިޒެއް ހަދާނެ ކަމަށް ސޮނީން ބުނެފައި ވާކަމަށެވެ.

އެހެންނަމަވެސް މި ޕްރޮޖެކްޓާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ސޮނީ ޕިކްޗާސް އިން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް