ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރާސާކޮށް، ޢިލްމީ ކުރުމަށް ޓަކައި ސަރުކާރުން ފަށްޓަވައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން 40 ފަރާތަކަށް މާސްޓަރސް ޑިގްރީއަށް އެދާއިރާއިން ކިޔެވުމަށް، ހިލޭ ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ.
މި ސްކޮލަރޝިޕްތައް ލިބިުނު ފަރާތްތަކާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސާރޗު މާސްޓަރސް އެއް ލިބޭ ގޮތަށް، އެ ޔުނިވަރސިޓީއާއި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން، ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ތަރިކަ އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ވަޢުދުފުޅު ޙަޤީޤަތަކަށް ހެއްދެވުމުގެ ބައެއްކަމަށެވެ.
ދިވެހި ޤައުމުގެ އަމިއްލަވަންތަކަން ދެމެއްޓުމަށް ޓަކައި ހޯދަން ޖެހޭ ޢިލްމީ މަޢުލޫމާތުތައް ހޯދުމަށް ޓަކައި، ޖުމުލަ 40 ދާއިރާއަކުން މި ކޯހުގެ ބައިވެރީން ދިރާސާތައް ކުރާނެ ކަމަށް ވުޒާރާއިން ހާމަކުރިއެވެ. އަދި ކޯހުގެ ކިޔެވުން ފެށުމާއެކު، ބައިވެރީންގެ މަސައްކަތްތައް އިޖުތިމާޢީ ވިޔުގައިގެ އެކި މަންސަތަކުގައި އާންމުކުރެވެން ފަށާނެ ކަމަށާއި، ހަމައެއާއެކު ޢިލްމީ އެކި މަންސަތަކުގައި ޝާއިޢުކުރެވެން ފަށާނެ ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ޤައުމިއްޔަތާއި، ދިވެހިވަންތަކަމާއި ދިވެހި ތަރިކައިގެ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ގެންނަވަނީ އިންޤިލާބީ ބޮޑު ބަދަލެއްކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ތަރިކައިގެ ދާއިރާއާ މެދު ސަރުކާރުން ގެންގުޅުއްވާ ބައެއް ސިޔާސަތު އޮޅުން ފިލުއްވައިދެއްވައިފައެވެ.
''ޢިއްޒަތްތެރި ރައީސްގެ ސިޔާސަތަކީ ޤައުމުވަންތަކަން ދެމެހެއްޓުމުގެ ޢިލްމީ ނަޒަރިއްޔާތުތަކާއި ފްރޭމްވޯކްތަކުގެ މައްޗަށް، ދިވެހީންގެ އަސްލުތައް ހޯދައި، ދިވެހީންނާއި އަމިއްލަވަންތަ އަގުތަކަށް ދިރުން ލިބޭނެހެން، ދިވެހި ޤައުމާއި އެއްކޮޅަށް، ވިސްނަން ދަންނަ ޖީލުތަކެއް ބިނާކުރެއްވުން. '' ވަޒީރު ވިދާޅުވިއެވެ.
ތަރިކައިގެ ދާއިރާއަށް މި ގެނެވޭ ތަރައްޤީން އަންނާނެ އެހެން ބައެއް ބަދަލުތައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން ތަރިކައިގެ ދާއިރާއަކީ ބާތަކެތި ބެލެހެއްޓުމުގެ ޚަރަދުބޮޑު ދާއިރާއެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށާއި، ޒަމާނީ އިންޓަރެކްޓިވް އިމަރސްވް ޓެކްނޮލޮޖީގެ އެހީގައި ދިވެހި ތަރިކަތަކަށް އާމްދަނީ ލިބޭނެ އާ ގޮތްތައް އުފަންވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ދިވެހި ތަރިކައިގެ ދާއިރާއަކީ އަދުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް ތަޖުރިބާކުރެވޭ ގޮތަށް ތަރައްޤީ ކުރެއްވިފައިވާ ދާއިރާއަކަށް ހެއްދެވުމަށް ރައީސް ދެއްވާ އިސްކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އުތީމުގައި މި ވަގުތު ތަރައްޤީ ކުރެވެމުންދާ ވާހަކަވަލާއި، ބޮޑުތަކުރުފާނު ދޮރޯށްޓާއި މި ތަންތަނާ ގުޅިފައިވާ ވާހަކަތަކާއި އަސަރުތައް އެތަންތަނުން ތަޖުރިބާކުރެވޭނެ ގޮތްތަކުގެ މައްޗަށް ވަރަށް ތަފުސީލުކޮށް ވަޒީރު ބައްލަވައިލެއްވިއެވެ.
މި މަސައްކަތްތަކުން ތަރިކައާ މެދު ދިވެހީން ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ގަބޫލުކުރުން ބަދަލުވާނެ ކަމަށާއި ދިވެހި ޤައުމާއި ދީނާއި އެ ފަދަ ބަހާތަކުގެ މައްޗަށް ވަރަށް ފުންކޮށް ވިސްނަން އެނގޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަހާތަކުގެ ޤަދަރާއި ހައިބަތާއި އަހަންމިއްޔަތު ވަރަށް މާނަހުރި ގޮތެއްގައި ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު