އިއްޔެ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން-
އިއްޔެ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން-
ސަރުކާރުން ރަސްމީކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ މާލީ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ސެޝަން ޚާއްޞަކުރީ މާލީ ވުޒާރާގެ އިސްވެރިންނަށެވެ. މި ބައްދަލުވުމުގައި މިޤައުމީ ކެމްޕެއިނާ ގުޅޭ ތަފްޞީލު މަޢުލޫމާތު ހިއްސާކޮށް، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކާއި ލަނޑުދަނޑިތަކަށް ވެރިން އަހުލުވެރިކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"އިޙުތިރާމުގެ އުފާ، މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙުތިރާމް ކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިއީ ދިވެހިންގެ ތެރޭގައި އިހު އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.

މި ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީއިން ވަނީ މަޢުލޫމާތުދީފައެވެ.



ކިޔުންތެރިންގެ ހިޔާލު