އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ކެމްޕެއިން ފެށުމަށް މީޑިއާ ޕާޓްނަރުންނާއެކު ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން މިއަދު ބުނީ، މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޓަކައި އެކި މީޑިއާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން 17 މީޑިއާއަކާއެކު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ހުރިހާ އެއްބަސްވުމެއްގައިވެސް ސޮއިކުރެއްވީ މިނިސްޓަރު ހީނާ ވަލީދެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ރިވެތި އަޚްލާޤީ ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަރުކާރުން އިޢުލާން ކޮށްފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.
މިއަދުގެ ޖަލްސާގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި މީޑިއާތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރަށްވައި، މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ހީނާ ވަނީ އެދިވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ސަގާފަތާބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ. އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ލޯގޯ ފަރުމާކޮށް ހުށަހެޅޭނެއެވެ. ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. އެއްވަނަ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ފަންނާއި ސަގާފަތާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކަށް އެ ވުޒާރާއިން ކަނޑައަޅާފައިވަނީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އެވެ.

ކިޔުންތެރިންގެ ހިޔާލު