ގައުމުގައި ބޮޑެތި މައްސަލަތައް ފުނިޖެހެމުންދާއިރު ރައީސް މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް އުޅުއްވަނީ ފުޓްސަލް ދަނޑުތައް ހުޅުވުމުގައި ބިޒީކޮށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މާލީ ދަތިކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ސީޕްލޭން ޗާޓަރުކޮށްގެން ހަމައެކަނި ފުޓްސަލް ދަނޑެއް ހުޅުވުމަށް ރައީސް އާއި ނައިބު ރައީސް އދ. މަންދޫއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
މިކަމަށް އިޝާރާތް ކުރަމުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވަނީ ރައީސް މުއިއްޒަކީ ކޮންކަހަލަ ކުޅޭކުޅޭ ވިސްނުމެއްގެ ވެރިއެއްތޯ ސުވާލުކުރައްވާފައެވެ.
ޖަމީލްގެ ޕޯސްޓުގައި ވިދާޅުވީ އެތަކެއްހާސް މީހުން ދިރިއުޅޭ ފުވައްމުލަކުގައި ސާފު ބޯފެނަށް ރައްޔިތުން ޖެހިފައިވާތާ އެތަކެއް ދުވަސް މިހާރު ވެފައިވާ ކަމަށާއި ނަމަވެސް މިއިން ކަމަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށެވެ.
މީގެ އިތުރުން، ޑޮލަރ މިހާރު 21 ރުފިޔާއަށްވުރެ މަތިވެ، ވިޔަފާރިތައް ހުލިވެ އިންފްލޭޝަން އުފުލި ރައްޔިތުން ޙާލުގައި ޖެހިފައިވާއިރު މިއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށްވެސް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ.
"މުއިއްޒާއި ނައިބު ރައީސާ ވަޒީރުން ދެސީޕްލޭން ޗާޓަރ ކޮށްގެން ފުޓްސެލް ދަނޑެއް ހުޅުވަން. މުއިއްޒުގެ ސިކުނޑީގެ މައްސަލައެއް އުޅެނީބާ؟" ޖަމީލްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު