ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ 9 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލްކުރަން ޖެހިއްޖެއެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ، މި މައްސަލާގައި މަނީ ލޯންޑްރިންއަށް އެހީތެރިވެދިން ކަމުގެ ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް މިއަދުގެ އަޑުއެހުމަށް ވެސް ހާޒިރު ނުކުރެވުމުގެ ސަބަބުންނެވެ.
އިއްޔެ ވެސް އަގީލް ހާޒިރު ނުވުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ނުގެންދެވުމުން، މައްސަލަ ބައްލަވާ ޤާޟީ ވަނީ އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރި އަޑުއެހުމަށް ވެސް އަގީލް ހާޒިރު ނުކުރެވުމުން ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައެވެ.
މި މައްސަލާގައި އިއްޔެއަށް ތާވަލު ކުރި އަޑުއެހުމަށް ކޯޓަށް ހާޟިރުވުމަށް ބައްސާމް ވަނީ ޖަލުގޮޅިން ނުކުންނަން ދެކޮޅު ހަދާފައެވެ. އޭނާ އެކަމަށް ދެކޮޅު ހަދާފައިވަނީ، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ޖަލު ހެދުން ލައްވައި، ބިޑި އެޅުވުމުންނެވެ. މިއީ ޖަލުހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން މިހާރު ކުރިއަށް ގެންދާ ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކަކީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން އޭނާ ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓްހައުސްގެ މައްސަލައެވެ. އެ ޕެންޓްހައުސް މިދިޔަ އަހަރުން ފެށިގެން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި އަގީލަށް ކުރަނީ މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ދަޢުވާއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ވަނީ، ފީފާގެ ފައިސާ ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ފީފާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ މައްސަލަތަކަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ގާޟީ ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު