މަރްޔަމް ނަހްދާ ވަޙީދު   19 ނޮވެމްބަރު 2025 - 10:2
ދުރަންދާރުގެ މަންޒަރެއް-
ދުރަންދާރުގެ މަންޒަރެއް-
ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގްގެ ކުރިއަށް އޮތް ފިލްމު "ދުރަންދާރު" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ ސްޕައި އެކްޝަން ތުރިލާއެކެވެ. މި ފިލްމު ޑައިރެކްޓުކުރަނީ މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ދަރް އެވެ.

ވަރުގަދަ ކާސްޓުންތަކެއް ވެސް ހިމެނޭ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، އާރް މާދްވަން އަދި މާނަލް ގޯހިލް ހިމެނެއެވެ.

ދުރަންދާރް" ގެ ބަތަލާ އަކީ އާންމުކޮށް އިންޑިއާގެ ދެކުނުގެ ފިލްމުތަކުން ފެންނަ 20 އަހަރުގެ ބަތަލާ ސާރާ އަރްޖުން އެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 5 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް