މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ކުޑަކުދިންނާއި ސްކްރީންތަކުގެ ގުޅުން ވަނީ ބަދަހިވެފައެވެ. ޓީވީއާއި، ޓެބްލެޓާއި، ފޯނާއި، ކޮމްޕިއުޓަރ ފަދަ ތަފާތު ސްކްރީންތައް ކުޑަކުދިންގެ ދިރިއުޅުމުގެ ބަޔަކަށް ވެފައިވާކަން އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ސްކްރީންތަކަށް ދޭ ވަގުތު (ސްކްރީން ޓައިމް) އިތުރުވުމަކީ ކުޑަކުދިންގެ ހަށިގަނޑާއި ނަފްސާނީ ސިއްހަތާއި، ތަރުބިއްޔަތާއި، އިޖުތިމާޢީ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، ކުޑަކުދިންގެ ސްކްރީން ޓައިމް މަދުކުރުމަކީ މުހިންމުކަމެކެވެ. މިފަހަރު މި ހިމަނާލަނީ ކުޑަކުދިންގެ ސްކްރީން ޓައިމް މަދުކުރަން ޖެހޭ މުހިންމު ސަބަބުތަކެވެ.
ސްކްރީންތަކުގެ ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރުމަކީ ކުޑަކުދިންގެ ހަށިގަނޑުގެ ސިއްހަތަށް އެތައް ގޮތަކުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ގިނައިރު ސްކްރީންތަކަށް ބަލައިގެން އިނުމުގެ ސަބަބުން، ހަރަކާތްތެރި ނުވެވެއެވެ. މީގެ ސަބަބުން ފަލަވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ސްކްރީންތަކުން ދޫކުރާ ނޫ އަލި (ބްލޫ ލައިޓް) ގެ ސަބަބުން ކުޑަކުދިންގެ ނިދުމުގެ ދައުރު އޮޅުވާލައި، ނިދި ނައިސް ގިނަ ވަގުތު ހޭލާ ތިބެންޖެހެއެވެ. މީގެ އިތުރުން، ގިނައިރު ސްކްރީންތަކަށް ބެލުމުގެ ސަބަބުން ލޮލަށް ވަރަށް ބޮޑަށް ބާރުބޮޑުވެ، ލޮލުގެ ފެނުމަށް ބުރޫއަރައި، ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެއެވެ.
ކުޑަކުދިން ސްކްރީންތަކާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އެ ކުދިންގެ ނަފްސާނީ އަދި ޖަޒުބާތީ ޞިއްޙަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ސްކްރީން ޓައިމް އިތުރުވުމުގެ ސަބަބުން، ކުދިންގެ ސަމާލުކަން ދޭންޖެހޭ މިންވަރު މަދުވެ، އެއްޗެއް ދަސްކުރުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ކުދިންގެ ހިތްހަމަނުޖެހުން އިތުރުވެ، އެކަނިވެރިވުމުގެ އިހުސާސްތަކާއި، ކަންބޮޑުވުން ފަދަ ނަފްސާނީ މައްސަލަތައް އިތުރުވެދާނެއެވެ. ބައެއް ކުދިން ސްކްރީންތަކަށް ވަރަށް ބޮޑަށް ދެވިހިފާ، އެއާ ވަކިވުމުން ނުތަނަވަސްވެ، ދެރަވެ ހަޅޭއްލަވައި ހަދައެވެ. މިއީ އެ ކުދިންގެ ޖަޒުބާތީ ތަރައްޤީއަށް ހުރަސްއަޅާ ކަމެކެވެ.
ކުޑަކުދިން ސްކްރީންތަކަށް ދެވިހިފުމުގެ ސަބަބުން، އެ ކުދިން އެހެން ކުދިންނާއި ބޮޑެތި މީހުންނާ އެކު ކުރާ މުޢާމަލާތްތައް މަދުވެއެވެ. މިއީ އެ ކުދިންގެ އިޖުތިމާޢީ ހުނަރުތައް ތަރައްޤީވުމަށް ހުރަސްއަޅާ ކަމެކެވެ. މިކަމުގެ ސަބަބުން އިހުތިރާމް ކުރުމާއި، ކެތްތެރިވުމާއި، ބައިވެރިވުމުގެ ރަނގަޅު އާދަތައް ދަރިފުޅަށް ދަހެއް ނުވެއެވެ. ސްކްރީން ޓައިމް އިތުރުވުމުގެ ސަބަބުން މިފަދަ ފުރުސަކުދިން އެކަނިވެރިވެ، މުޢާމަލާތްކުރުމަށް ދަށްވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު