ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން ގިނަ އަދަދެއްގެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ޓްރާންސްޕޯޓު މިނިސްޓްރީއާއި ކުންފުންޏަކާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް، އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ.
މި ހިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، ޖުމުލަ 407 ޑްރައިވަރުން ހޯދުމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މާލެ ސަރަަހައްދަށް ޕާޓްޓައިމް އަށް 122 ޑްރައިވަރުން އަދި ފުލްޓައިމްއަށް 285 ޑްރައިވަރުން ހޯދާ ކަމަށް އިއުލާނުގައި ވެއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު މި ވަޒީފާއަށް ކުރިމަތިލުމުގެ ދުންގަޑި ހަމަވާކަމަށްވެސް އިއުލާނުގައި ވެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ ސަރަހައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު