ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ލީޑުން ފެނިގެންދާ ފްރެންޗައިސް "ރެއިޑް" ގެ 3 ވަނަ ބައެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.
ޕިންކްވިލާގެ ރިޕޯޓެއްގައި ބުނީ ރެއިޑު 3 އުފެއްދުމުގެ މަސައްކަތް އަޖޭ އާއި ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ މިހާރު ފަށާފައިވާ ކަމަށެވެ.
"ރެއިޑް" އަކީ ޓެކުހަށް މަކަރުހަދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި ކަމާބެހޭ އިދާރަތާކާ އެ މީހުން ހަވާލުކުރުމަށް ޓެކްސް އޮފިސަރަކާއި އޭނާގެ ޓީމުންކުރާ މަސައްކަތްތައް ދައްކުވައިދޭ ފްރެންޗައިސްއެކެވެ.
"ރެއިޑް 3" ގެ ވާހަކަވެސް ބިނާވެފައިވާނީ ޓެކުހާ ގުޅޭ މައްސަލަތަކެއްގެ މައްޗަށް ކަމަށާއި، އެހެންނަމަވެސް ތިންވަނަ ބައިގައި ގެނެސްދޭ ވާހަކަ ހުރިހާ ގޮތަކުން ވެސް ފުރިހަމަވެފައި ޝައުގުވެރިވާނެ ކަމަށް ޕިންކްވިލާގެ ރިޕޯޓުގައި ވެއެވެ. އަދި މި ފިލްމު ޖަޒުބާތީ ގޮތުންވެސް ފްތެންޗައިސްގެ އެހެން ފިލްމުތަކާ އަޅާކިޔާއިރު ފުރިހަމަ ވާނޭ ކަމަށް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މެދުތެރޭގައެވެ.
މިއަހަރު މޭއި މަހު ނެރުނު "ރެއިޑް 2" އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އެންމެ 120 ކްރޯޑު ރުޕީސް (14 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމު ތިއޭޓަރުތަކުން ނެގިއިރު ފިލްމަށް ލިބުނު ޖުމުލަ އާމްދަނީގެ އަދަދަކީ 243.06 ކްރޯޑު ރުޕީސް (27.4 މިލިއަން ޑޮލަރު) އެވެ.

ކިޔުންތެރިންގެ ހިޔާލު