މަރްޔަމް ނަހްދާ ވަޙީދު   23 ނޮވެމްބަރު 2025 - 11:45
ކާތިކް އާއި އަނަންޔާގެ ފިލްމުގެ މަންޒަރެއް-
ކާތިކް އާއި އަނަންޔާގެ ފިލްމުގެ މަންޒަރެއް-
ބޮލީވުޑްގެ މަޝްހޫރު ތަރިން ކާތިކް އާރިޔާން އާއި އަނަންޔާ ޕާންޑޭ ލީޑުން ފެނިގެންދާ ފިލްމުގެ ޓީޒާ ދައްކާލައިފިއެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ނަމަކީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. މި ފިލްމުގެ ޓީޒާ ދައްކާލީ މުމްބާއީގައި ބޭއްވި އިވެންޓެއްގެ ތެރޭގައެވެ.

ސަމީރު ވިދުވަންސް ޑައިރެކްޓުކުރާ މި ރޮމޭންޓިކް ކޮމެޑީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 25 ގައެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކުގައި މީގެ ކުރިން ފެނިފައިވަނީ 2019 ގައި ނެރުނު "ޕަތީ، ޕަތުނީ އޯރް ވޯ" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް