ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން ކަމަށާއި، ކުޑަކުދިން ހިންގާ ކުށްތަކާ ގުޅިގެން ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ބުނެފިއެވެ.
އެމްޑީއޭއިން މިހެން ބުނެފައި މިވަނީ މެދުރާއްޖެތެރޭ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުޑަކުއްޖަކު ގަދަކަމުން ހިފަހައްޓައި، ސިނގިރޭޓު ބޯންދޭން އުޅެ، ބިރު ދެއްކި މައްސަލައަކާއި، އަދި އެހެން ކުއްޖަކަށް ކްލާސްރޫމެއްގެ ތެރޭގައި އަނިޔާކުރި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހާދިސާތަކުގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބައިވެރިވެފައިވާކަން ފާހަގަކޮށް، އެމްޑީއޭއިން ވަނީ މިފަދަ ނުރައްކާތެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ފަރާތުން މިފަދަ މައްސަލަތައް ތަކުރާރުކޮށް ފެންނަމުން ދިއުމަކީ އެކުދިން ބެލެހެއްޓުމާއި، މޮނިޓާކޮށް، އަލުން މުޖުތަމައަށް އަނބުރާ ގެނައުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވާ ކަމެއްކަމަށް އެމްޑީއޭއިން ބުންޏެވެ.
އެހެންކަމުން ހުރިހާ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުނުވެ ބަލަހައްޓައި، އެހެން ފަރާތްތަކަށް އެކުދިންގެ ފަރާތުން ނުރައްކަލެއް ވިޔަނުދިނުމަކީ ދައުލަތުގެ ގާނޫނީ އަދި އަޚުލާގީ ޒިންމާއެއް ކަމަށް އެމްޑީއޭއިން ފާހަގަ ކޮށްފައިވެއެވެ. އަދި ޖެންޑާ މިނިސްޓްރީން މިކަމުގެ ޒިންމާ ނަގައި، ކުދިން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީން ގޮވާލިއެވެ.
އެމްޑީއޭ އިން ވަނީ، މި ދެ ހާދިސާވެސް ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަވަސް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވެސް ގޮވާލައިފައެވެ. އަދި އަނިޔާ ލިބުނު ކުދިންނަށް ވަގުތުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މިފަދަ ހާދިސާތައް ތަކުރާރުނުވާނެ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު