މަރްޔަމް ނަހްދާ ވަޙީދު   24 ނޮވެމްބަރު 2025 - 6:25
ޕްރަބާސްގެ ސްޕިރިޓްގެ ޝޫޓިން ފެށުން-
ޕްރަބާސްގެ ސްޕިރިޓްގެ ޝޫޓިން ފެށުން-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" ގެ ޝޫޓިން ފަށައިފިއެވެ.

މި ފިލްމު އިއުލާން ކޮށްފައިވަނީ މީގެ 4 އަހަރު ކުރިންނެވެ. މި ފިލްމު ޑައިރެކްޓުކުރާނީ ސަންދީޕް ރެޑީ ވެންގާ އެވެ. މިއީ 2023 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ރަންބީރް ކަޕޫރްގެ "އެނިމަލް" އަށް ފަހު ސަންދީޕް ހަދާ ފުރަތަމަ ފިލްމެވެ.

މީގެ ޝޫޓިން މިއަދު ފެށި އިރު، ފާއިތުވި މުއްދަތުގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓް ޕޮލިޝްކުރަން ސަންދީޕް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"ސްޕިރިޓް" ގައި ޕަރަބާސް ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. އޭނާއާއެކު ދެން ފިލްމުގައި ލީޑުން ފެނިގެންދާނީ ޓްރިޕްތީ ދިމްރީއެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ކާސްޓުންގެ ތެރޭގައި ވިވެކް އޮބެރޯއީ އައި ކާންޗަނާ އަދި ޕްރަކާޝް ރާޖް ހިމެނޭ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުުރެ އެވެ. އެކަމަކު އަންނަ އަހަރު ފިލްމު ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް