ސިޔާސީ ކެހިވެރިންގެ މެދުގައިވެސް ތެދުވެރިކަމެއް ގެންގުޅުއްވުން ރަނގަޅުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާޢީލް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ސިޔާސީ ރައްދެއް ދެއްވައިފިއެވެ.
ފައްޔާޒް ރައީސް ޞާލިޙަށް ރައްދު ދެއްވީ، އެމްޑީޕީގެ އެހާރާއި މިހާރުގެ ލީޑަރޝިޕްގެ ގިނަ މެންބަރުން ތިއްބެވި ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފައްޔާޒާއި ރައީސް ނަޝީދު ވިދާޅުވަނީ ވާހަކައިގެ އެއްބައި ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާތީ ފައްޔާޒް ވަނީ އެކަން ދޮގު ކުރަށްވާފައެވެ.
ފައްޔާޒް ވިދާޅުވީ، ރައީސް ޞާލިޙްގެ އެ ވާހަކަފުޅަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންތަކުގައި ރައީސް ނަޝީދާއި ރައީސް ޞާލިޙް އާއި ދެމެދު އޭނާ މެދުވެރިވެގެން ދެކެވުނު ވާހަކަތަކާމެދު ރައީސް ޞާލިޙް ވިދާޅުވާ ވާހަކައެއް ނަމަ އެެއީ "ކަނޑައެެޅިގެން އިތުރުުފުޅެއް" ކަމަށެވެ.
"ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުގައިވެސް، 'އޮނާ އަމަންގް ތީވްސް' އޭ ބުނާ ގޮތަށް ކަންކަން ގެންގުޅުއްވުން ރަނގަޅު." ފައްޔާޒް ވިދާޅުވެފައިވެއެވެ.
ފައްޔާޒް މިމޭރުމުން ރައީސް ޞާލިޙަށް ރައްދު ދެއްވާފައިވާއިރު، ޕާޓީގެ މަސްލަޙަތަށްޓަކައި މަޑުން ހުންނެވި ކަމަށާއި، މިއީ އެންމެން އެކުގައި އެމްޑީޕީ އައިގެން ކުރިއަށް ދާންވީ ވަގުތު ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް ވަނީ އިއުލާނު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރަށްވާނެކަން ހާމަކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު