އެމްޑީޕީގެ ޙަރަކާތްތައް ދުންފިނި ހަރުގޭގައި ފެށުނު ދުވަސްވަރު އެހަރުގޭގައި ޅެންބަހުން ކިޔައިދިން "ބޯވައިގެ ޙައިޘިއްޔަތު"ގެ ހަނދާންތައް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) މިރޭ ހަނދާންކޮށް ދެއްވައިފިއެވެ.
އިބްރާ އެ ހަނދާންތައް އާކުރެއްވީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އިބްރާ އެ ހަނދާންތައް އާކުރަށްވާފައި މިވަނީ، އެމްޑީޕީގެ އެތެރޭގެ ހުޅުގަނޑު ފަޅައިގެންގޮސް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ކުރީގެ ހަނދާންތައް އާކުރަށްވަމުން އިބްރާ ވިދާޅުވީ، އެއީ 2006 ވަނަ އަހަރު ކަމަށާއި، ޤައުމު އަދިވެސް މިއޮތީ ހަމަ އެދުވަހުގެ ޙާލަތުގައި ހުއްޓިފައި ކަމަށެވެ. ހަމައެއާއެކު ކޮންމެވެސް ވަރަކަށް މޫނުތައް ބަދަލުވިޔަސް ސިޔާސީ ކުޅިބައި އެތުރިފައި ހުރިގޮތައް މާބޮޑު ބަދަލެއް ނާންނަކަމަށް އިބްރާ ވިދާޅުވެފައިވެއެވެ.
"ދުންފިނި ހަރުގޭގައި ކުރެންދޫ އަޚަކު ބޯވައިގެ ޙައިޘިއްޔަތު ޅެންބަހުން ކިޔާލަދިން ރޭމަތިން ހަނދާންވެއެވެ." އިބްރާ ވިދާޅުވިއެވެ.
އިބްރާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ކުރިމަގަށްޓަކައި އެތައް ފަހަރަކު ރައީސް ޞާލިޙަށް ދޫދެއްވާފައިވާނެ ކަމަށާއި، ނަމަވެސް މުޅި އެމްޑީޕީ ޚަރާބު ކުރެއްވީ ރައީސް ޞާލިޙް އާއި އެބޭފުޅާގެ އަރިސް ބޭފުޅުން ކަމަށް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ. ހަމައެއާއެކު ދެން ރަނގަޅުވާނީ ރައީސް ނަޝީދާއި، ރައީސް ޞާލިޙްވެސް 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ފައްޔާޒް ރޭ ވިދާޅުވީ، ރައީސް ނަޝީދާއެކު ވީ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ނުދިއުމަށް ރައީސް ޞާލިޙާއި، އެމަނިކުފާނުގެ އަރިސް ބައެއް އިސް ފަރާތްތަކުން ނިންމެވުމުން އެތައް އަހަރެއްގެ އިސްލާޙީ މަސައްކަތް ބޭކާރުވެ، ރަހުމަތްތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލުނު ކަމަށެވެ.
އެމްޑީޕީގެ އެތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް ވަނީ އިއުލާނު ކުރަށްވާފައެވެ. ފައްޔާޒަކީ އިބްރާގެ ކޮއްކޮއެވެ.

ކިޔުންތެރިންގެ ހިޔާލު