ބޮލީވުޑް ސުޕަސްޓާރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ބެޓަލް އޮފް ގަލްވާން" އަންނަ އަހަރުގެ ފިތުރު އީދުގައު ނެރުމަށް ތައްޔާރުވަމުންދާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފަައިވާ ގޮތުގައި އަޕޫރްވާ ލާކިއާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖޫން ހިސާބުގައެވެ. ނަމަވެސް މިހާރު މި ފިލްމު ފިތުރު އީދުގައި ގެނެސްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ.
ސަލްމާނަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އާންމުކޮށް އޭނަގެ ފިލްމުތައް ފިތުރު އީދާ ދިމާކޮށް ގެނެސްދޭ ތަރިއެކެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ސިކަންދަރު" އަކީ މި އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ނެރުނު ފިލްމެކެވެ.
"ބެޓްލް އޮފް ގަލްވާން" ފިތުރު އީދުގައި ގެނެސްދޭން އުޅޭކަމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އެހެން ދެ ފިލްމެއް މިހާރު ވެސް އޮތީ ފިތުރަށް އީދަ ތާވަލުކޮށްފައެވެ. އެއީ އަޖޭ ދޭވްގަންގެ "ދަމާލް 4" އާއި ޔާޝްގެ "ޓޮކްސިކް" އެވެ.

ކިޔުންތެރިންގެ ހިޔާލު