މާލޭގެ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
މާލޭގެ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

ރެއިން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖެގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް