ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރާއްޖޭގެ މީޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް 2024 ޑިސެންބަރ 22 ގައި އައްޔަނުކުރުމުގެ ކުރިން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައެވެ.
ނަސްރީނަކީ މިސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ތިންވަނަ ފަރާތެވެ. މީގެކުރިން އެމަޤާމު ފުރުއްވި ޒީނާ ޒާހިރާއި، މުހައްމަދު ސައީދުވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުރިއަށްދިޔަ ޕީއެސްއެމްގެ ބޯޑު ބައްދަލުވުމުގައި ނަސްރީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ނަސްރީން މިހާރު ވަނީ ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައި ކަމަށް ވެއެވެ.
ކޮމިއުނިކޭޝަން އަދި މަލްޓިމީޑިއާއިން ބެޗެލާސް ޑިގްރީ ނަސްރީން ހާސިލުކުރައްވައިފައިވާއިރު އޭނާ ވަނީ ޕީޢެސްއެމްގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރަށްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު