އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ރާކުލް ޕްރީތު ޗުއްޓީ ހޭދަކުރުމަށް ރާއްކޭގެ ރިސޯޓަކަށް އައިސްފިއެވެ.
އިންސްޓަގްރާމުގައި ރަކުލް ހިއްސާކޮށްފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ޖޯލި މޯލްޑިވްސް ރިސޯޓުގައި ކަން އޭގައިން ހާމަވެއެވެ.
ޖޯލިއަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ތެރޭގައިވެސް މަގުބޫލު ރިސޯޓެކެވެ.
ރަކުލް ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ އެންމެ ފަހުން އައިސްފައިވަނީ ފިރިމީހާ ޖެކީ ބަންގާނީއާއި، އާއިލާގެ ބައެއް މެމްބަރުންގެ އިތުރުން ގާތް އެކުވެރިންނާވެސް އެކުއެވެ. އެ ދަތުރުގެ ފޮޓޯތައްވެސް އޭނާ ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ރަކުލް ޕްރީތު އެންމެ ފަހުން ފެނިފައިވަނީ އަޖޭ ދޭވްގަންއާއެކު "ދޭދޭ ޕްޔާރް ދޭ 2" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު