ބޮލީވުޑްގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްސްގެ ހޮރޯ ކޮމެޑީ ޔުނިވާސް (އެމްއެޗްސީޔޫ) އާ ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދްކޯން ވެސް ގުޅެން ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެ ޔުނިވާސްގެ ފިލްމަކަށް ދީޕިކާ ގެންނަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން ދީޕިކާގެ ފިލްމު އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން އެޗްސީޔޫ އަށް ދީޕިކާ ގެންނަން ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާގެ ބެންގާލީ މީހުންގެ ތެރޭގައި މަޝްހޫރު އިފުރީތެއް ކަމަށްވާ ޝާކުންޗުނީ އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމާ ގުޅޭ އެެއްވެސް މައުލޫމާތެއް އަދި މެޑޮކްސް އިން ހާމައެއް ނުކުރެއެވެ. އެހެންވެ ދީޕިކާގެ ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި އޭގެ މަސައްކަތް ފަށާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
މެޑޮކްގެ އެޗްސީޔޫއިން އެންމެ ފަހުން ނެރުނީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރި އަޔޫޝްމަން ކްރާނާ، ވެމްޕާއެއްގެ ރޯލު ކުޅުނު "ތާމާ" އެވެ. މެޑޮކްގެ އެމްއެޗްސީޔޫ އަށް ނިސްބަތްވާ އިތުރު ބައެއް ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "ސްޓްރީ" އާއި ވަރޫން ދަވަންގެ "ބީޅިޔާ" އަދި އަބޭ ވަރުމާގެ "މުންޖިއާ" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު