މަރްޔަމް ނަހްދާ ވަޙީދު   3 ޑިސެމްބަރު 2025 - 6:42
ޝަބާނާ އަޒްމީ
ޝަބާނާ އަޒްމީ
އިމްރާން ހާޝްމީ ލީޑުން ފެނިގެންދާ ފިލްމު "އާވާރާޕަން" އިން ޝަބާނާ އާޒްމީ ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިއީ އިމްރާންގެ ފިލްމެއްގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި އޭނަގެ ވަރަށް ވަރުގަދަ ބޮޑު ރޯލެއް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޝަބާނާ އަކީ 70 އާއި 80 އާއި 90 ގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރަށް ހުނަރުވެރި ތަރިއެކެވެ.

ޝަބާނާ "އާވާރާޕަން 2" ގެ ކާސްޓާ ގުޅުނު އިރު، އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލާހޯރް، 1947" ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "އާވާރާޕަން 2" އަކީ އަންނަ އަހަރުގެ އެޕްރީލް 3 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް