މައިލީއާއި އޭނާގެ ލޯބިވެރިޔާ
މައިލީއާއި އޭނާގެ ލޯބިވެރިޔާ
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އޭނާގެ ލޯބިވެރިޔާ މެކްސް މޮރާންޑޯއާ އެންގޭޖްވެއްޖެއެވެ.

މި ދެ މީހުންގެ އެންގޭޖްވެފައިވާ ވާހަކަ ދެކެވެން ފެށީ މި މަހުގެ 19 ގައި ރަސްމީކޮށް ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމު "އެވަޓާ: ފަޔާ އެންޑް އޭޝް" ގެ ޕްރީމިއާ އިވެންޓަށް ފަހުއެވެ. އެގޮތުން ލޮސް އެންޖެލޮސްގައި ބޭއްވި އެ އިވެންޓުގައި ދެ މީހުން އެކީ ބައިވެރިވިއިރު، މައިލީގެ އަތުން އެންގޭޖްމަންޓް އަނގޮޓި ފެނުނު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އޭގެ ފަހުން މީޑިއާތަކުން ވަނީ މައިލީ އާއި މެކްސް އެންގޭޖްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2021 ގައެވެ.

މައިލީއަކީ ކުރިން ކައިވެންޏެއްވެސް ކޮށްފައިހުރި ތަރިއެކެވެ. އެގޮތުން އޭނާ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ ލިއަމް ހެމްސްވޯތު އާއެވެ. އެދެމީހުން ވަރިވީ 2020 ގައެވެ.

މައިލީގެ އާ ބައިވެރިޔާއަކީ މިއުޒިކް ޕްރޮޑިއުސަރެއްގެ އިތުރުން ލިރިސިސްޓެކެވެ.



ކިޔުންތެރިންގެ ހިޔާލު