ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ކުރިއަށް އިތް ފިލްމު "ބެޓަލް އޮފް ގަލްވާން" ޝޫޓިން މި ހަފްތާތެރޭ ނިމިފައިވާއިރު، މި ފިލްމުގެ ޓީޒާ ދައްކާލާނެ ދުވަސް މީޑިއާތަކުން ހާމަކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ފަސްޓްލުކް ޓީޒާ ދައްކާލަން ތައްޔާރުވަމުންދަނީ ސަލްމާންގެ އުފަންދުވަހާ ދިމާކޮށެވެ.
ސަލްމާންގެ އުފަން ދުވަހަކީ ޑިސެންބަރު 27 އެވެ. މި އަހަރު އޭނަ އަށް ފުރޭނީ 60 އަހަރެވެ.
އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރު އީދުގައި ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ފިލްމުގެ ޓީޒާ ޑިސެމްބަރު 17 ގައި ދައްކާލާއިރު، އެއާއެކު ފިލްމު ނެރޭ ދުވަސްވެސް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
"ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ތަރިން ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު