ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް، މަސްކިރުމުގައި ދިމާވާ ދަތިތަކާއި ކިރި މަހަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ މިއަދުވެސް ރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތަކެއްގެ އާމްދަނީ ބިނާވެފައިވަނީ މަސްވެރިކަމުގެ މަސައްކަތުގެ މައްޗަށް ކަމަށެވެ.
ވަކިން ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް، މަސްކިރުމުގައާއި، ކިރި މަހަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް އަވަސް ޙައްލެއް ބޭނުންވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބާނާ މަސްކިރުވުމުގައި ދިމާވާ ދަތިތަކާއި، މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ މައްސަލަ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މިދެންނެވުނު ޙައްސާސީ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް." ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވަނީ ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ އުފެއްދުންތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ހެދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ގަދައަޅާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރަށްވާފައެވެ.
އަދި މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި، އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާ ގުޅުންހުރި ހުރިހާ އެންމެން މަސައްކަތް ކުރުމުގެ މުހިންމުކަން ސިޔާމްގެ ޚިތާބުގައި ފާހަގަ ކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު