އިޙްތިޖާޖްގެ ތެރެއިން
އިޙްތިޖާޖްގެ ތެރެއިން
49 ދޯނި ބައިވެރިވާ ބޮޑު ކަންނެލި މަސްވެރިންގެ އިޙްތިޖާޖް ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 ދޯނި ބައިވެރިވެރިވާ މި އިހުތިޖާޖު ފަށާފައިވަނީ މިއަދު ހެނދުނު 9:30 ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ.

ހުޅުމާލެއިން ފުރައިގެން މާލެއަށް ބޮޑު ކަންނެލި މަސްވެރިން މިސްރާބު ޖަހާފައިވާއިރު މާލޭ އުތުރު ފަރާތު ނެރު ކޯސްޓްގާޑުން ވަނީ ބަންދުކޮށްފައެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ.

އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

މި މުޒާހަރާގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.

އަދި މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށްވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު