އައްޑޫ ހައިސްކޫލްގެ ކްލާސްރޫމެއްގައި ބަދުއަޚުލާޤީ މަންޒަރު ހިންގާކަމަށް ބެލެވޭ ވީޑީއޯއެއް ޢާއްމުވެއްޖެއެވެ.
މީސްމީޑީއާގައި މިހާރު ދަރުވަމުންދާ އައްޑޫ ހައިސްކޫލްގެ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑީއޯއެއްގައި ފެންނަނީ، އަންހެން ދަރިވަރަކު ފިރިހެން ދަރިވަރެއްގެ އުނގުގައި އިށީންދެ އިންނައިރު އަންހެން ދަރިވަރުގެ "ޕްރައިވެޓް ގުނަވަންތަކުގައި" ފިރިހެން ދަރިވަރު އަތްލައިގެން އިންދައެވެ. ވީޑިއޯއިން ފެންނަ ގޮތުން މިކަން ހިނގާފައިވަނީ، ކުލާސް ރޫމުގެ ތެރޭގައި އެހެން ދަރިވަރުންގެ ކުރިމަތީގައެވެ.
ނަމަވެސް އެވަގުތު ކްލާސްރޫމްގައި ޓީޗަރު ހުރިކަމެއް ނުވަތަ ނެތްކަމެއް ވީޑިއޯއިން ސާފް ވެފައެއް ނުވެއެވެ.
މިޥީޑިއޯ ޢާއްމުވެފައިވާއިރު އައްޑޫ ހައިސްކޫލްގައި ދަރިވަރުން ޓީޗަރަށް ބްލީކޮށް ހުރިހާ ދަރިވަރުން މަޖާކުރާ މީހަކަށް ޓީޗަރަކު ވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އިއްޔެ ވަނީ ޢާއްމު ވެފައެވެ. އަދި ދަރިވަރުންގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އިއްޔެ ޢާއްމުވިއެވެ.
އެކަމާގުޅިގެން ގްރޭޑް 12 ގެ ފިރިހެން ދަރިވަރަކާއި އިންޑިއާގެ ފިރިހެން ޓީޗަރަކާ ދެމެދު ހިންގި މާރާމާރީގައި ހިމެނޭ ޓީޗަރު ވަޒީފާއިން ސަސްޕެންޑުކޮށް، މައްސަލަ ތަހުގީގުކުރުމަށް ތައުލީމީ ވުޒާރާއިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
މި މާރާމާރީ އާއި، ބަދުއަޚުލާޤީ ޢަމަލު ހިންމުގެ އިތުރުން އައްޑޫ ހައިސްކޫލް ތެރޭގައި ޓީޗަރު ކިޔަވައިދެމުންދާ ވަގުތު ދަރިވަރުން ފޯނު ބޭނުންކުރުމާއި، ލެޕްޓޮޕުން ވީޑިއޯ ގޭމް ކުޅުން ފަދަ ޢަމަލުތައް ހިންގާ ވީޑިއޯތައްވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކްލާސްރޫމެއްގެ ތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގާ ވީޑިއޯއެއް ޢާއްމުވެފައިވާއިރު، މިކަމާ ގުޅިގެން އައްޑޫ ހައި ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީންވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު