އެކަމާ ގުޅިގެން ބޮޑުކަންނެލި ޔޫނިއަން އިން ބުނެފައިވަނީ، ފުލުހުން ދޯނި ފަހަރަށް އަރައި، ސުލްހަވެރިކަމާއެކު ހައްގު ހޯދަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަޅުވެރިން ހައްޔަރުކުރަމުން ދާކަމަށެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން މަސްވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް އެޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
Maldives Police have brutally arrested striking migrant workers near Malé — workers who were peacefully demanding a fair price for their clean catch. We call for their immediate release and for authorities to open dialogue instead of using force. #WorkersRights #Maldives@iufap… pic.twitter.com/3Vmvczsz5C
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 11, 2025
ބީކޭއެމްޔޫގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ހައްޔަރުކުރި ބިދޭސީންނަކީ ކޯޓާ އޮވެގެން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށެވެ. އަދި "މަގުބޫލު" ނަމަކަށް ކިޔާ މަސް ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން އިހުތިޖާޖުގައި ދެމިތިބޭނެ! @Shiyamaldives @MMuizzu pic.twitter.com/dbbWIpOc5D
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 10, 2025
އިޙްތިޖާޖް ކުރަމުންދާ ބިދޭސީން ހައްޔަރު ކުރަމުންދާއިރު، އިމިގްރޭޝަނުން އިއްޔެ ބުނީ، ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
"އެ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން. ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ބޭރުން އަދި ހުއްދައިގައިވާ ޝަރުތުތަކާ ހިލާފުވާ ބިދޭސީންނާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ!" އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ކުށެއް! އަދި އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި، އަދި އެ…
— Maldives Immigration (@ImmigrationMV) December 10, 2025
އިމިގްރޭޝަނުން މިހެން ބުނެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 60 ދޯނި ބައިވެރިވެރިވާ މި އިހުތިޖާޖު ފަށާފައިވަނީ އިއްޔެ ހެނދުނު 9:30 ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ. ނަމަވެސް އެ ދޯނިތައް މިހާރު އޮތީ މާލޭ އުތުުރުފަރާތު ކަނޑުގައި އަޅާފައެވެ. އަދި މާލޭ އުތުރު ފަރާތު ނެރު ކޯސްޓްގާޑުން ވަނީ ބަންދުކޮށްފައެވެ.
Good morning world 🌍
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 11, 2025
We, the yellowfin tuna catchers of Maldives, are protesting near Malé from 60 fishing boats, demanding the government fulfill its promise of a fair, sustainable price.
We urge the President to meet us for negotiations. @MMuizzu #Maldives #WorkersRights pic.twitter.com/MILyLi2GtV
ފުލުހުން މިއަދު ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި." ފުލުހުން ބުންޏެވެ.
ހަމައެއާއެކު ފުލުހުން ބުނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 2 ދޯންޏަކާއި، 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މައުރޫފްގެ އިތުރުން ކުރީގެ ޤައުމީ ކީޕަރޔ އިމްރާންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.
މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު