ސަލްމާން އާއި ޓެލެންގާނާގެ ޗީފް މިނިސްޓަރ
ސަލްމާން އާއި ޓެލެންގާނާގެ ޗީފް މިނިސްޓަރ
އިންޑިއާގެ ޓެލަންގާނާ ސްޓޭޓްގައި ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށް ޒަމާނީ ޓައުންޝިޕެއް ތަރައްގީ ކުރަން ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާން ނިންމައިފިއެވެ.

މިކަމަށްޓަކައި ޓެލަންގާނާގެ ސަރުކާރާއި ސަލްމާންގެ ކުންފުނި، ސަލްމާން ޚާން ވެންޗާސް ޕްރައިވެޓް ލިމިޓެޑް (އެސްކޭވީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޓެލަންގާނާގެ 500 އޭކަރުގެ ސަރަހައްދެއްގައި ޒަމާނީ ސްމާޓް ސިޓީ އެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް ސަލްމާންގެ ކުންފުނިން 10،000 ކްރޯޑް ރުޕީސް (1113 މިލިއަން ޑޮލަރު) އިިންވެސްޓް ކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ޓައުންޝިޕަކީ ބޯހިޔާވަހިކަމާއި ވިޔަފާރި އާއި އެންޓަޓައިންމަންޓާއި ކުޅިވަރާއި އެ ނޫން ވެސް އެތައް ދާއިރާތަކުން އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ ތަނެކެވެ.

އެސްކޭވީން ބުނީ މި މަޝްރޫއުގެ ސަބަބުން ޓެލަންގާނާ އަށް އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އައިސް އެތައް ބަޔަކަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު