ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ލީޑުން ފެނިގެންދާ "ޕަތާން" ގެ ދެވަނަ ބައެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
ޝާހުރުކް މި ފިލްމު އިއުލާން ކޮށްފައިވަނީ ދުބާއީގައި ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.
މީގެ ދެ އަހަރު ކުރިން 2023 ގައި ގެނެސްދިން، ވައިއާރުއެފްގެ ސްޕައި ޔުނިވާސްގައި ހިމެނޭ "ޕަތާން" އަކީ ޝާހުރުކްގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 1،050 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
"ޕަތާން 2" ގައި މަސައްކަތް ކުރަމުންދާކަން ހާމަކުރިނަމަވެސް، ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޝާހުރުކް ޚާން ހާމައެއް ނުކުރެއެވެ.
ދެން އެންމެ އަވަހަށް ޝާހުރުކް ފެނިގެންދާނީ އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭން ނިންމާފައިވާ "ކިންގު" އިންނެވެ. މި ފިލްމުގައި ޝާހުރުކް އާއެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ފެންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު