ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް އާއި އޭނާގެ ދޮންދަރި ސާރާ އަލީ ޚާން އެކުގައި ފިލްމަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ދެ ތަރިން އެކުގައި ފެނިގެންދާނީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އަޖޭ ދޭވްގަން ގެނެސްދެމުން އަންނަ މަގުބޫލު ކޮމެޑީ ފިލްމު ފްރެންޗައިސް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމުންނެވެ.
މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނައިރު، މިހާރު ކުރަމުންދަނީ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް ކަމުގައި ރިޕޯޓިތަކުގައި ވެެއެވެ. އަދި "ގޯލްމާލް 5" ގައި ކަރީނާ އާއި ސާރާ ފެނިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
"ގޯލްމާލް" ގެނެސްދޭން ފެށީއްސުރެ މީގެ ކާސްޓުން އަބަދު ވެސް ފެންނަ ތަރިންނަކީ އަޖޭ އާއި އަރުޝަދު ވަރްސީގެ އިތުރުން ތުޝާރް ކަޕޫރެވެ. "ގޯލްމާލް 5" ގައި ވެސް އެ ތަރިން ހިމެނޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު