މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް މާލޭ ސަރަަހައްދުގެ ބަނދަރުތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ގޮވާލަށްވައިފިއެވެ.

މޭޔަރ އާޒިމް މިކަމަށް ގޮވާލެއްވީ ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވާ މައްސަަލަތަކަށް އިޝާރާތް ކުރަށްވަމުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އާޒިމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން މަސްވެރިން އާޒިމް އާއި ވެސް ބައްދަލުކޮށްފައި ވާކަމަށާއި، އެ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެ ބައްދަލުވުންތަކުން އެކަނި ވެސް ހާމަވި ކަމަށެވެ.

އެގޮތުން މަސްވެރިކަން ކުރުމާއި، މަސް ކިރުމާއި، މަސްވެރިންނަށް ބަނދަރު ބޭނުން ކުރުމުގައި ދިމާވަ ދަތިތައް އޭނާ އާއި މަސްވެރިން ހިއްސާކޮށްފައިވާ ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ބަނދަރުގެ ކަންކަން ހަމަޖައްސަން ވަރަށް ގިނައިން މަސައްކަތް ކުރަށްވާފައިވާނެ ކަމަށާއި، ނަމަވެސް ކޮންމެ ފަހަރަކު ވެސް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަނދަރުތައް ކޮންޓްރޯލު ކުރާ ކަމަށެވެ.

ބަނދަރުތަކުގެ ކޮންޓްރޯލް ސަރުކާރުގެ ކުންފުނިތަކާއި ވުޒަރާތަކުގެ ދަށަށް ނެގުމަކީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

"ލާމަރުކަޒީ ޤާނޫނު ބުނާ ގޮތުން ހުރިހާ ޑޮމެސްޓިކް ބަނދަރެއް ބަލަހައްޓާނީ ކައުންސިލުން. އަދި އަޅުގަނޑު ދެކެނީ މަސްވެރިން ކުރި އިހުތިޖާޖުގައި ވެސް ނެރު ތެރެއަށް ވަދެވެން ވާނެ. އެ މީހުންނަކީ ވެސް ބަނދަރު ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ ބައެއް." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރަކީ ޤާނޫނަކަށް ބަލާ ސަރުކާރެއް ނޫން ކަމަށެވެ. އަދި އޭރަކު ސަރުކާރުން ހިތަށް އަރާ ގޮތަކީ އެއީ އުސޫލުކަމަށް ދައްކައިގެން ވިޔަސް ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ކުރުމަށް މަގުފަހިކުރަމުންދާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު