މަރްޔަމް ނަހްދާ ވަޙީދު   15 ޑިސެމްބަރު 2025 - 6:35
ކާތިކް އާރިޔަން
ކާތިކް އާރިޔަން
ބޮލީވުޑްގެ ވިދަމުން އަންނަ ތަރި ކާތިކު އާރިޔަންގެ ފައިސާ މެނޭޖުކުރަނީ އޭނާގެ އާއިލާއިން ކަމަށް ކާތިކު ބުނެފިއެވެ.

މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާ އަށް ދިން އިންޓަވިއުއެއްގައި ކާތިކު ބުނީ ފައިސާ މެނޭޖް ކުރުމަކީ އޭނަ ވަރަށް ނުފަރިތަ ކަމެއް ކަމަށެވެ. އެހެންނަމަވެސް އޭނާގެ މަންމަ އާއި ބައްޕަ އަކީ އެކަމުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށް ކާތިކު ވަނީ ބުނެފައެވެ.

އެހެންވެ އޭނާގެ ފައިސާގެ ހުރިހާ ކަމެއް މެނޭޖްކޮށް ދެނީ އާައިލާއިން ކަމަށް ކާތިކު ވަނީ ބުނެފައެވެ. އަދި އެކައުންޓުގައި ހުރި ވަރެއްވެސް ނުވެސް އެނގޭ ކަމަށް ކާތިކު ވަނީ ބުނެފައެވެ.

ކާތިކް ބުނި ގޮތުގައި އޭނަ އެއްޗެއް ގަންނަން ވިޔަސް ނުވަތަ ތަނަކަށް ކާން ދިޔަސް އެކަމަށް ހިނގާ ހަރަދު ހަމަޖައްސަނީ މައިންބަައިން މެދުވެރިކޮށެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ކާތިކު ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 25 ނެރުމަށް ހަމަޖެހިފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު