ބޮލީވުޑްގެ މަޝްހޫރު ތަރި އަރްޖުން ރަމްޕާލް އޭނާގެ ލޯބިވެރިޔާ ގެބްރިއޭލާ ޑެމެޓްރިއޭޑްސް އެންގޭޖުވެއްޖެއެވެ.
އަރްޖުން އާއި ގެބްރިއޭލާ އެންގޭޖުވިކަން ހާމަކޮށްފައިވަނީ ރިއާ ޗަކްރޮބަތީގެ ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައެވެ. އެ ޝޯގައި އެދެމީހުންގެ ގުޅުމާ ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން ގެބްރިއޭލާ އާއި އަރުޖުން ވަނީ އެ ދެމީހުން އަދި ކައިވެނި ނުކުރާ ކަމަށާއި، އެހެންނަމަވެސް މިހާރު އެންގޭޖުވެފައި ވާކަން ހާމަކޮށްފައެވެ.
އެންގޭޖްމެންޓާ ގުޅޭ މާބޮޑު ތަފްސީލެއް ނުދިންނަމަވެސް، އަރްޖުން ވަނީ އެއީ އާއިލާއާއެކު ބޭއްވި ވަރަށް ޕްރައިވެޓް ހަފްލާއެއް ކަމަށް ބުނެފައެވެ.
އަރްޖުން އާއި ގެބްރިއޭލާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުއެވެ.
ގެބްރިއޭލާ އާ ގުޅުމުގެ ކުރިން އަރްޖުން ކައިވެނިކޮށްގެން އުޅުނީ އިންޑިއާގެ މޮޑެލް އަދި ފިލްމު ޕްރޮޑިއުސަރު މެހެރް ޖެސިއާއާއެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު